ރާއްޖެއަށް އިހުސާސްކުރެވޭ ފިނިހޫނުމިން މިއަދުވެސް 40 އިން މަތީގައި

Sat, 04 May 2024 11:25 AM

View on this article on Vaguthu

ރާއްޖެއަށް އިހުސާސްކުރެވޭ ފިނިހޫނުމިން މިއަދުވެސް 40 އިން މަތީގައި

ރާއްޖޭގައި އިހުސާސްކުރެވޭ ފިނި ހޫނުމިން ބައެއް ވަގުތުތަކުގައި 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.



މެޓް އޮފީހުން ވަނީ މިއަދު 11:00ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން ހުރި މިންވަރާއި އިހްސާސް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ފިނިހޫނުމިން ހުރި ވަރުގެ ތަފްސީލްތައް ދީފައެވެ.

މެޓް އޮފީހުން ކުރި ބުނިގޮތުން ހދ. ހަނިމާދޫގެ ފިނިހޫނު މިން 32.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 40.8 ގައެވެ. މާލެ ސަރަހައްދަށް ފިނިހޫނުމިން 33.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 46.0 ގައެވެ.

ލ.ކައްދޫ ފިނިހޫނުމިން ހުރީ 31.9 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 41.6 ގައެވެ. އައްޑޫ ސިޓީ ގަމުގައި ފިނިހޫނު މިން ހުރީ 32.1 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 43.5 ގައެވެ.

ގދ. ކާޑެއްދޫގެ ފިނިހޫނު މިން ހުރީ 31.9 ޑިގްރީ ސެލްސިއަސްގައެވެ. އަދި އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 43.2ގައެވެ.

ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ ފާހަގަކޮށް، ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް މެޓް އޮފީހުން ވަނީ ހިއްސާކޮށްފައެވެ.



More from Vaguthu