މާެރިޗް މަހު ޒަކާތު ފަންޑުން 59 މީހަކަށް އެހީވި

Wed, 24 Apr 2024 07:24 PM

View on this article on Vaguthu

މާެރިޗް މަހު ޒަކާތު ފަންޑުން 59 މީހަކަށް އެހީވި

މާެރިޗް މަހު ޒަކާތު ފަންޑުން 59 މީހަކަށް ސިއްހީ ކަންކަމުގައި އެހީތެރިވެފައިވާކަމަށް ރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.



ޒަކާތު ހައުސް އިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ބޭސް ފަރުވާއަށާއި، ޒަރޫރީގެ އެހީގެ ގޮތުގައި އާއި ސްކޮލާޝިޕްތަކަށް ހަރަދުކޮށްފައި ވެއެވެ.

މާރިޗް މަހު ޒަކާތު ހައުސްގެ މެދުވެރިިކޮށް އެންމެ ގިނަ އެހީ ދީފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރާ ފަރާތްތަކަށެވެ. އެފަރާތްތަކަށް 190،822ރ ދޫކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައި ވަނީ ސިކުނޑީގެ އޮޕަރޭޝަން ކުރުމަށެވެ. އެއީ 180،407ރ. އެވެ. ހިތުގެ އޮޕަރޭޝަނަށް 8،481ރ. ހަރަދުކޮށްފައިވާއިރު، ޓްރާންސްޕްލާންޓަށް 25،433ރ. އަދި އެހެނިހެން ކަންކަމަށް 279،872.50ރ. ހަރަދުކޮށްފައި ވެއެވެ.

މިދިޔަ މަހު ޒަކާތު ހައުސްއިން އެހީގެ ގޮތުގައި685،026.19ރ. ހަމަޖެއްސި ނަމަވެސް، އޭގެ ކުރީ މަހުގެ އަދަދުތަކާއެކު މިދިޔަ މަހު 878،682.88ރ. ހަރަދުކޮށްފައި ވެއެވެ.

މީގެ އިތުރުން ޒަރޫރީ ހާލަތެއް މެދުވެރިވެގެން މިދިޔަ މަހު 17،207.65ރ. ހަރަދު ކުރިއިރު، ސްކޮލާޝިޕްގެ ގޮތުގައި 44،563.80ރ. ހަރަދުކޮށްފައި ވެއެވެ.

އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވަނިކޮށް ހާލުގައި ޖެހިގެން، 248،604ރ. ހަރަދުކޮށްފައިވާ ކަމަށްވެސް ދައްކައެވެ.



More from Vaguthu