ހަ ރަށެއްގެ ބައި އިލެކްޝަންގެ ވޯޓްލުން ފަށައިފި

Sat, 04 May 2024 09:34 AM

View on this article on Vaguthu

ހަ ރަށެއްގެ ބައި އިލެކްޝަންގެ ވޯޓްލުން ފަށައިފި

އެއް ކައުންސިލެއްގެ ރައީސްގެ ގޮނޑި އާއި ތިން މެންބަރުން ހޮވުމަށާއި ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.



ބައި އިލެކްޝަން ކުރިއަށް ދަނީ މ. މަޑުއްވަރީގެ ކައުންސިލްގެ ރައީސް ހޮވުމަށާއި ހއ. އުތީމު، ނ.ލަންދޫ ، ނ. ވެލިދޫ ކައުންސިލް މެންބަރަކު ހޮވުމަށާއި ހއ. ތުރާކުނާއި ރ. އިންނަމާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

މި އިންތިހާބުތަކަށް 11 ވޯޓު ފޮއްޓެެއް އިލެކްޝަން ކޮމިޝަނުން ވަނީ ބަހައްޓާފައެވެ.



More from Vaguthu