މިލަންދޫ ޕޮލިހުން، އަލްޙާފިޡާ ޢިޝާ އަށް ހިތްވަރުދީ ހަނދާނީ ފިލައެއް

Mon, 21 Oct 2024 08:40 PM

View on this article on Thiladhun

މިލަންދޫ ޕޮލިހުން، އަލްޙާފިޡާ ޢިޝާ އަށް ހިތްވަރުދީ ހަނދާނީ ފިލައެއް

ޤުރްއާން ހިތުދަސްކޮށް، ހާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައިވާ އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ އަށް ށ. މިލަންދޫ ޕޮލިހުންގެ ފަރާތުން ހިތްވަރުދީ ހަނދާނީ ފިލައެއް ދީފިއެވެ.



ށ. ޕޮލިހުން މިއަދު ބުނީ، ށ. މިލަންދޫއިން ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކުރި ޢިޝާ އާއި ޢިޝާގެ އާއިލާއާއި މިލަންދޫ ޕޮލިސް ސްޓޭޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ.

މިގޮތުން ޢިޝާ ޙާފިޡާކަމުގެ ސަނަދު ޙާޞީލްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާއެއް ދީފައިވާކަމަށް ށ. ޕޮލިހުން ބުންނެއެވެ.

''އަދި އެ ދަރިވަރާމެދު މައިންބަފައިންވެފަައިވަނީ ނުހަނު މަތިވެރި ގުރުބާނީއެއްކަން ހަނދާންކޮށް، މުޖުތަމަޢުގައި ބޭނުންތެރި އަޚުލާގު ރަނގަޅު ކުއްޖެއްގޮތުގައި ދެމިހުރުމަށް ހިތްވަރު ދީފައިވޭ'' ށ. ޕޮލިހުން ބުނެފަވެއެވެ.

ޤުރުއާން ހިތުދަސްކުރި 28 ޙާފިޡަކަށް މެޑައްޔާއި އިނާމު

ޤުރްއާން ހިތުދަސްކުރުމުން ސަރުކާރުންދޭ ށް މެޑައްޔާއި ހަނދާނީ ލިޔުމާއި އަދި އިނާމު އަލްޙާފިޡާ ޢިޝާ އަށް ދީފައި ވަނީ 5 އޮކްޓޯބަރު 2024 ވަނަ ދުވަހު ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. އިޝާ އަށް މި ޝަރަފް އަރުވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުންނެވެ.

އިޝާ ހިމެނިފައި ވަނީ 1 އޮކްޓޯބަރ 2022 ން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށްގެން ސަނަދު ހާސިލްކޮށްފައިވާ 28 ހާފިޡުންގެ ތެރޭގައެވެ.

 

The post މިލަންދޫ ޕޮލިހުން، އަލްޙާފިޡާ ޢިޝާ އަށް ހިތްވަރުދީ ހަނދާނީ ފިލައެއް first appeared on Thiladhun.



More from Thiladhun