ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އެ ހޮޓާ ތަރައްގީކުރަން ނިންމާފައި ވަނީ އެ ރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަފޫޓު ބިމުގައެވެ.
މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހު 10:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ، މި އަހަރުގެ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހު 10:00 އަށް ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެދޭ ކަމަށެވެ.
މައުލޫމާތު ބައްދަލު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ 12:00 ކުރިން ރަޖިސްޓަރީ ވާން ޖެހެއެވެ.
އެ މިނިސްޓްރީން ބުނީ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް މި ވުޒާރާގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ކަމަށެވެ.
އިންޓަނޭޝަނަލް ބީލަމަކަށް ހުޅުވާލައިގެން ބާރަށުގައި އީކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ކައުންސިލްތަކާ ބައްދަލުކުރައްވަން ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފާވާ ވައުދެކެވެ.
The post ބާރަށުގައި އިކޯ ޓުއަރިޒަމް ތަރައްޤީކުރަން ބައިނަލްއަޤްވާމީ ބީލަމަށް ހުޅުވާލައިފި first appeared on Thiladhun.