ކުލަގަދަ ރަސްމިއްޔާތަކާއެކު އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް ހަވާލުކޮށްފި

Fri, 26 May 2023 09:50 PM

View on this article on Thiladhun

ކުލަގަދަ ރަސްމިއްޔާތަކާއެކު އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް ހަވާލުކޮށްފި

ކުލަގަދަ ރަސްމިއްޔާތަކާއެކު، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަށް އަރުވައިފިއެވެ.

ރިޔާސީ ޓިކެޓު ނާޒިމަށް އަރުފައިވަނީ މިކަމަށްޓަކައި އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމް ކަމުގައި ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވައިލުމުން އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ، އޮޓަމެޓިކުންނެވެ.

މިރޭގެ ޖަލްސާގައި ރިޔާސީ ކެމްޕޭން ރަސްމީކޮށް ފަށައި، ޝިއާރު ވެސް ވަނީ ކަނޑައަޅާފައެވެ. އެއީ "އުޖާލާ ޒަމާން" އެވެ. އަދި ކެމްޕޭންގެ ރަސްމީ ލަވަ ވެސް ވަނީ ލޯންޗުކޮށްފައެވެ.

ރިޔާސީ އިންތިޚާބަށް އެމްއެންޕީން ކުރިމަތިލަނީ ވަރުގަދަ ރިޔާސީ ވައުދުތަކަކާއެކުގައެވެ. އޭގެތެރެއިން މިހާތަނަށް ބައެއް ވައުދުތަކާއި، ސިޔާސަތުތައް އާންމުކުރައްވާފައިވާއިރު، އެމްއެންޕީގެ ވެރިކަމެއްގައި ގެންގުޅޭނެ ޚާރިޖީ ސިޔާސަތަކީ ބެލެންސް، "ކޮންމެ ޤައުމަކާވެސް ސަލާންކޮށްލެވޭ" ފަދަ ސިޔާސަތަކަށް ވާނެކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ވިޔަފާރި ބޭރުގައުމުތަކަށް ފުޅާކޮށް، ޤާނޫނުގެ ރޫޙާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން އަލުން އިންތިޒާމުކުރައްވައި، ސިޔާސީ ބޭނުމަށް ކުންފުނިތައް ބޭނުން ކުރުން ހުއްޓާލުމާއި، ރާއްޖޭގައި ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށް ކުރުމާއި އަދި އާންމުކޮށް ޑޮލަރު ގަންނަން ލިބޭ ރޭޓް 15.42 އަށް ދަށްކުރުން އެމްއެންޕީގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އެމްއެންޕީ ވެރިކަމެއްގައި ގެސްޓްހައުސް އަޅައި، ސަރުކާރުން ދޭނީ ތަޅުދަނޑި ކަމަށާއި، އެ ތަންތަން ހިންގާނީ ޒުވާނުން ކަމަށް އެ ޕާޓީން ވަނީ ވައުދުވެފައެވެ. އަދި އެމްއެންޕީގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ބޭސްފަރުވާ ނިޒާމަކީ އެންމެނަށް ހަމަހަމަ ނިޒާމެއްގެ ގޮތުގައި ހަމަޖައްސައިދިނުމާއި، ނިކަމެތިންގެ ގޮތުގައި ބެލެވޭ، ނުވަތަ މުސާރައިގެ ވަކި ގިންތިއެއްގެ ތެރޭގައި ހިމެނޭ މީހުންނަށް ފެނާއި ކަރަންޓް ބިލު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ވެސް ވަނީ ވައުދުވެފައެވެ.

The post ކުލަގަދަ ރަސްމިއްޔާތަކާއެކު އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް ހަވާލުކޮށްފި first appeared on Thiladhun.



More from Thiladhun