މިނިވަންކަމުގެ ވަގުތުފީތާ

Fri, 26 Jul 2024 08:36 PM

View on this article on Thiladhun

މިނިވަންކަމުގެ ވަގުތުފީތާ
1887: އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 16 ޑިސެންބަރު 1887 ގައެވެ. ހިމާޔަތުގެ ދަށަށް ދިޔައީ ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުންކަމަށް ބުނެވުނަސް މިކަން ހިނގާ ދިޔައީ ދިވެހި ދައުލަތަށް މަޖުބޫރުކޮށްގެން އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވި ރަދުން، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)ގެ ސިޓީފުޅެއް ހޯދައިގެން. އެ ސިޓީފުޅުގެ މައްޗަށް އިނގިރޭސީން ދިވެހިރާއްޖެއަށް ހިމާޔަތްދިން ކަމަށް ބުނެ ފޮނުވި ސިޓީއަކީ އިނގިރޭސި ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް.ގޯޑްން ސޮއިކުރައްވާފައިވާ ސިޓީއެއް.
1948: އިނގިރޭސިންނާއި ދިވެހިންނާ ދެމެދު ސިޓީއެއްގެ މައްޗަށް އޮތް އެއްބަސްވުން އެގްރިމެންޓަކަށް ބަދަލުވީ މުޙައްމަދު އަމީން ދީދީގެ އިސްނެންގެވުމާއެކު 24 އެޕްރީލް
1948 ގައި ރާއްޖޭގައި ސޮއިކުރެވުނު ދާޚީލީ މިނިވަންކަން ދިވެހިންނަށް ލިބިގެންވާކަމަށް އޮންނަ އެއްބަސްވުމުންނެވެ. މި އެގްރިމެންޓަށްފަހު އިނގިރޭސިންނަށް ދެމުން އައި ޖިޒީ ކަނޑާލެވިއެވެ. މި އެގްރިމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު އަމީން ދީދީއާއި އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. އިނގިރޭސިންގެ ފަރާތުން ސިލޯނަށް ފޮނުވި ފުރަތަމަ ހައި ކޮމިޝަނަރު ވޯލްޓާ ހެންކިންސަން އެވެ.
1956: އިނގިރޭސިންނަށް އައްޑު އަތޮޅު ގަމާއި ހިތަދޫން ބައެއް 100 އަހަރަށް ކުށްޔަށް ދިނުމަށް އެއްބަސްވެ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު، އިނގިރޭސި ހައި ކޮމިޝަނަރު ސިސިލް ސާޔާއާ އެކު 15 ޑިސެންބަރު 1956 ގައި ސިލޯނުގައި ސޮއިކުރެއްވި. މި ހެޑްސް އޮފް އެގްރިމެންޓް ދިވެހިރާއްޖޭގައި މަޝްހޫރުވީ އިނީޝަލް އެގްރިމެންޓްގެ ނަމުން. މި އެގްރިމެންޓް ރަސްމީ ވެގެން ނުދިޔައީ ކެބިނެޓުން ފާސްނުވުމުން.
1959: އިނގިރޭސީން އަޑީގައި ތިބެގެން ރާއްޖޭގެ ސަރަހައްދުން ބައެއް ވަކިކޮށް، "ޔުނައިޓެޑް ސުވަދީބު އައިލެންޑްސް"ގެ ނަމުގައި ޣައިރުޤާނޫނީ ދައުލަތެއް 1 ޖަނަވަރީ 1959 ގައި އުފެއްދި. މި ބަޣާވާތުގައި އިސްކޮށް ހުންނެވީ ސ. ހިތަދޫ ޢަބްދުﷲ ޢަފީފް.
1960: އައްޑު އަތޮޅު ގަމާއި ހިތަދޫގެ ސަރަހައްދެއް އިނގިރޭސި ސިފައިން ތިބުމަށް 30 އަހަރަށް ދިނުމުގެ އެގްރީމެންޓެއްގައި 14 ފެބުރުވަރީ 1969ގައި ދެ ޤައުމުން ސޮއިކުރެއްވި. މިއީ މަޝްހޫރު އޯލްޕޯޓް އެގްރިމަންޓް.
1963: ދެކުނު ބަޣާވާތުގެ ވެރިޔަކަށް ހުންނެވި ޢަބްދުﷲ ޢަފީފާއި އޭނާގެ ޢާއިލާއަށް އިނގިރޭސީން ހިމާޔަތް ދީގެން ދިވެހި ދައުލަތަށް ނޭނގި 30 ސެޕްޓެންބަރު 1963 ގައި ސީޝެލްސްއަށް ގެންދިޔަ.
1964: އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންކަން ހޯދުމުގެ ވާހަކަތައް ސިލޯނުގައި ރަސްމީކޮށް ފެށުނީ 12 އޯގަސްޓް 1964 ގައި. މިނިވަންކަމުގެ ވާހަކަ ތަކުގައި ދިވެހިރާއްޖެ ތަމުސީލު ކުރެއްވީ ސިލޯނުގައި ހުންނެވި ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވް އޮނަރަބަލް ޢަބްދުއްސައްތާރު މޫސާ ދީދީ.
1965: ދިވެހިރާއްޖެއަށް އިނގިރޭސީންގެ ހިމާޔަތުގެ އަޅުވެތިކަމުން ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. މި އެގްރިމެންޓްގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ
ބޮޑުވަޒީރު އިބްރާހިމް ނާޞިރެވެ. އިނގިރޭސީންގެ ފަރާތުން ސިއިކުރެއްވީ އިނގިރޭސި ސަފީރު މައިކަލް ވޯކާ އެވެ. މި އެގްރިމެންޓްގައި ސޮއިކުރީ ސިލޯނުގައި ހުރި އިނގިރޭސި ހައި ކޮމިޝަންގައެވެ.
މި ކަމާގުޅިގެން 1965 ޖުލައި 28 ގައި ބޮޑުވަޒީރު އިބްރާހިމް ނާޞިރަށް ޣާޒީ ޢިއްޒަތްތެރި ވެރިޔާގެ ލަގަބު އަރުވަން ރައްޔިތުންގެ މަޖިލިހުން ފާސްކުރެއްވި އެވެ. އަދި 1965 ސެޕްޓެންބަރު 22 ވަނަ ދުވަހު އދ.ގެ މެންބަރަކަށް ރާއްޖެ ހަމަޖެހިގެން ދިޔައެވެ. އދ. ގައި ރާއްޖޭގެ ޤައުމީ ދިދަ ފުރަތަމަ ނެގީ 12 އޮކްޓޯބަރު 1965 ގައެވެ.

The post މިނިވަންކަމުގެ ވަގުތުފީތާ first appeared on Thiladhun.





More from Thiladhun