މަނަދޫ ނައީމާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

Fri, 26 May 2023 06:33 PM

View on this article on Thiladhun

މަނަދޫ ނައީމާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ނ. މަނަދޫ ނައީމާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

‘’މި މައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި. މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދޭ.’’ ސީޕީ ވިދާޅުވެފަވެއެވެ.

މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަ ކުރައްވާ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

The post މަނަދޫ ނައީމާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި first appeared on Thiladhun.



More from Thiladhun