ހިޓާޗީގެ ފަހުގެ ދޮންނަމެޝިންތައް ރާއްޖެއަށް ތައާރަފުކޮށްފި

Fri, 26 May 2023 11:21 AM

View on this article on Thiladhun

ހިޓާޗީގެ ފަހުގެ ދޮންނަމެޝިންތައް ރާއްޖެއަށް ތައާރަފުކޮށްފި

ހިޓާޗީން މިދިޔަ ފެބްރުއަރީ މަހު ލޯންޗުކުރި ދޮންނަ މެޝިން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ދޮވުނީ ހިކުނީ"ގެ ނަމުގައި އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން މެޝިން އާއެކު ހިލޭ މައިކްރޯވޭވް އަވަނެއް ލިބޭނެއެވެ. އެސްޓީއޯ ކްރެޑިޓް ސްކީމަށް އަދި އެހެން ސްކީމްތަކުން ދޮންނަ މެޝިން ނަގާ މީހުންނަށްވެސް އަވަން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ, ހިޓާޗީ ދޮންނަ މެޝިންގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން، ޕްރޮމޯޝަންގެ ދަށުން ވިއްކާނެ ކަމަށެވެ.

ރާއްޖޭގެ މާހައުލާ ގުޅޭ މި މޮޑެލްތަކުގެ މެޝިންގައި ހިމެނެނީ ދޮވުމުގެ ގާބިލުކަން އަށް ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް އަދި ހިއްކުމުގެ ގާބިލުކަން ފަސް ކިލޯއިން ފެށިގެން ހަތް ކިލޯއާ ހަމައަށް ހުންނަ މެޝިންތަކެކެވެ.

އެސްޓީއޯ އިން ބުނީ, އިތުރަށް ހިއްކަން ނުޖެހި މެޝެނުން ކަބަޑަށް ލެވޭ ވަރަށް ހިއްކާލެވޭ، މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާ ބަލާއިރު އަގުގެ ގޮތުންވެސް ހެޔޮ މެޝިންތަކެއް ކަމަށެވެ. އަދި ކޮންމެ މެޝަނަކާ އެކު އެއް އަހަރު ދުވަހުގެ ގެރެންޓީ ލިބޭނެ ކަމަށް ބުންޏެވެ.

އެސްޓީއޯ އިން ވަނީ, މި މެޝިންތަކުގައި ހަކަތަރި ލޭބަލް ޖެހުމަށްވެސް ނިންމައިފައެވެ.

އެސްޓީއޯއަކީ އެންމެ ފުރަތަމަ ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށި ކުންފުންޏެވެ. އެގޮތުން ހިޓާޗީ ބްރޭންޑްގެ އޭސީތަކުގައި ހަކަތަރި ލޭބަލް ޖަހައިގެން ދަނީ ވިއްކަމުންނެވެ.

The post ހިޓާޗީގެ ފަހުގެ ދޮންނަމެޝިންތައް ރާއްޖެއަށް ތައާރަފުކޮށްފި first appeared on Thiladhun.



More from Thiladhun