ދަރިވަރެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކާ ޖިންސީ ފުރައްސާރަ ކުރި ޓީޗަރެއްގެ މައްސަލަ ބަލަނީ

Mon, 21 Oct 2024 01:46 PM

View on this article on ThePress.mv

ދަރިވަރެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކާ ޖިންސީ ފުރައްސާރަ ކުރި ޓީޗަރެއްގެ މައްސަލަ ބަލަނީ

ދެކުނުގެ ރަށެއްގައި ޓީޗަރަކު، ދަރިވަރަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ.



ފުލުހުން ބުނީ ދެކުނު ސެންޓްރަލް ފޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލެއްގެ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކާ މައްލަވަ ކުރި ކަމަށް ތުހުމަތު ކެރެވޭ މައްސަލަ އެއް މި މަހުގެ 17 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށް ބުނެފައި ވާއިރު ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުން މި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރާ މިންވަރު ކަންބޮޑުވާން ޖެހޭ ވަަރަށް މައްޗަށް ގޮސްފައި ވާއިރު، އާންމު ގޮތެއްގައި މިފަދަ އަމަލުތައް ކޮށްފައި ވަނީ އާއިލާގެ މެންބަރެއް، ގާތް ފަރާތްތައް ނޫނީ އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުންނަ ފަރާތްތަކުންކަން ފާހަގަ ކޮށްލެވެއެވެ. ޖިންސީ ގޯނާގެ ސަބަބުން ކުދިންގެ މުސްތަގުބަލަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުން އަންނަކަން ފާހަގަކޮށް، ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ މިފަދަ ކަންތައްތަކަށް ދަރިވަރުންނާއި، ބެލެނިވެރިން އަދި މުޖްތަމައު ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.



More from ThePress.mv