ރިސޯޓެއްގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

Mon, 21 Oct 2024 03:52 PM

View on this article on ThePress.mv

ރިސޯޓެއްގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ވ. އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.



މަރުވެފައި ވަނީ ބަލަރުސޫއަށް ނިސްބަތްވާ 63 އަހަރުގެ އަންހެނެއް ކަަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ވ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމަށް މިއަދު 11:29 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ފެލިދޫ ހޮސްޕިޓަލްއަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



More from ThePress.mv