އިގުތިސާދީ ފައިދާ ހޯދަން އޭއައި ބޭނުންކުރުމުގެ މާސްޓާޕްލޭނެއް!

Thu, 17 Oct 2024 08:05 PM

View on this article on ThePress.mv

އިގުތިސާދީ ފައިދާ ހޯދަން އޭއައި ބޭނުންކުރުމުގެ މާސްޓާޕްލޭނެއް!

އިގްތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދުމަށްޓަކައި އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ބޭނުންކުރުމުގެ މާސްޓާޕްލޭނެއް އެކުލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.



ރައީސް މިފަދައިން ނިންމަވާފައިވަނީ އިއްޔެ ކެބިނެޓު ބައްދަލުވުމުގައި ކެބިނެޓު ވަޒީރުންގެ ލަފާފުޅާއެކުއެވެ. ރައީސް ވިދާޅުވީ އޭއައި މެދުވެރިކޮށް އިގުތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތަައް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން ދިވެހިރާއްޖެ އިން މި މާސްޓާޕްލޭންގައި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި އަމަލުކުރާނެ ގާނޫނީ ފްރޭމްވޯކެއްވެސް ވަނީ ހިމަނަން ނިންމާފައެވެ. ރައީސް ވަނީ އޭއައިގެ ފަންނިއްޔާތާ ގުޅޭ މާސްޓާޕްލޭނެއް އެކުލަވައިލެއްވުމަށްފަހު، ހޯމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން އެކަމާ ގުޅޭ ކަރުދާސްތައް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކަނޑައަޅުއްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އދ ގެ ސަމިޓް އޮފް ދަ ފިއުޗާގެ ހަވާސާގައި އޭއައި ބޭނުން ކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ވިދާޅުވީ ދިވެހީންގެ އީޖާދީ މަސައްކަތްތަކާއި އިގުތިސާދު ސިންދަފާތު ކުރުމަށް ހިތްވަރު ދިނުމަށް ޑިޖިޓަލް ހުނަރުތަކަށް އިންވެސްޓު ކުރާ ކަމަށެވެ.



More from ThePress.mv