ވިލާ ކޮލެޖު އަދި ސުކޫލަށް 17 އަހަރު، ގާސިމްގެ ޝުކުރުގެ ލިސްޓު ދިގު!

Thu, 17 Oct 2024 09:28 PM

View on this article on ThePress.mv

ވިލާ ކޮލެޖު އަދި ސުކޫލަށް 17 އަހަރު، ގާސިމްގެ ޝުކުރުގެ ލިސްޓު ދިގު!

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އދ. މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޗެއާމަން ކަމުގެ ދަށުން އުފެެއްދި ވިލާކޮލެޖާއި، ވިލާ އިންޓަނޭޝަނަލް ހައި ސުކޫލަށް 17 އަހަރު ފުރުމާއި ގުޅިގެން އެކަމުގެ ތަހުނިޔާ ގާސިމް ދަންނަވައިފިއެވެ.



އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ދިވެހި ދަރިވަރުންނަށް ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ޒަމާނީ ފެންވަރުގެ ފުރިހަމަ ފުރުސަތު ފޯރުކޮށްދިނުމުގައި ވިލާ ކޮލެޖުން އަދި ވިލާ ހައި ސުކޫލުން ފާއިތުވި 17 އަހަރު ދުވަހު ނަމޫނާ ދައްކާފައިވާ ކަމަށެވެ. އެއާއެކު ގާސިމް ވަނީ ދުވަހުގެ ތަހުނިޔާ ވިލާކޮލެޖާއި ވިލާ ހައި ސުކޫލުގެ އެންމެހާ ދަރިވަރުންނަށާއި މެނޭޖްމެންޓަށް އަރިސްކުރާ ކަމަށް ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ފާއިތުވި 17 އަހަރުގައި ވިލާ ކޮލެޖުން މަތީތައުލީމުގެ ފެންވަރު ރަނގަޅު އެތަކެއް ފުރުސަތުތަކެއް ދިވެހިދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެފައެެވެ.

ދުނިޔޭގެ ނަން ހިނގާ ޔުނިވަސިޓީތައް ގަބޫލު ކުރާ އެންމެ މަތީ މިންވަރަށް އަދި ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލު ކުރާ އެންމެ މަތީ މިންގަނޑުތަކަށް ފެތިފައިވާ އޭލެވަލް އާއި، ސެޓްފިކޭޓްލެވަލް ޕްރޮގްރާމްތަކާއި، ޑިޕޮލޮމާއާއި، ބެޗްލާސް ޑިގްރީގެ އިތުރުން މާސްޓާސް ޑިގްރީގެ އެތަކެއް ހާސް ދަރިވަރުންވަނީ މި ހިޔާވަހިކަމުގެ ދަށުން މަތީ ތައުލީމު ހާސިލް ކޮށް އެ ދަރިވަރުންގެ ދިރިއުޅުން އުޖާލާކޮށްފަ
ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ ވިލާ ކޮލެޖު ހިންގެވުމުގައި ފުރަތަމަ ދުވަހުން ފެށިގެން ޑރ އަހުމަދު އަންވަރު ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު ދަންނަވާކަމަށާއި، ކޮލެޖުގެ ވައިސްރެކްޓަރުނާއި، ފެކަލްޓީތަކުގެ ޑީނުންނާއި، ކޮލެޖުގެ އިދާރީ އެންމެހާ މުއައްޒަފުންނާއި، ލެކްޗަރާއިންގެ އިތުރުން ވިލާ ހައިސުކޫލު ހިންގަމުން ގެންދާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

މީގެއިތުރުން ގާސިމް ވިދާޅުވީ ހުރިހާ ސަރުކާރުތަކުންވެސް ވިލާ ކޮލެޖާއި ސުކޫލުގެ މި މުހިންމު މަސައްކަތުގައި ދެއްވާފައިވާ އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވާކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގާސިމް އަކީ ތައުލީމަށް ވަރަށް އިސްކަން ދެއްވާ ބޭފުޅެކެވެ. މިގޮތުން ސަރުކާރުން ދޭ ހިލޭ ޑިގްރީ ޕްރޮގްރާމްތަކާއި ކިޔެވުމަށް ފަހި ފުރުސަތުތައް ނެތް ދުވަސްވަރުގައިވެސް ގާސިމްގެ އަމިއްލަ ހަރަދުގައި ވަނީ އެތަކެއް ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ފަހި ކޮށްދީފައެވެ.



More from ThePress.mv