ރޭސް 4 ގެ ޝޫޓިން ފަށަނީ

Sat, 21 Sep 2024 06:26 AM

View on this article on ThePress.mv

ރޭސް 4 ގެ ޝޫޓިން ފަށަނީ

ބޮލީވުޑްގެ ކާމިޔާބުރ ފްރެންޗައިޒް "ރޭސް" ގެ ހަތަރު ވަނަ ބައިގެ ޝޫޓިން އަންނަ ޖަނަވަރީ މަހު ފަށާގޮތަށް ނިންމައިފިއެވެ.



ފިލްމުގެ ސްކްރީން ރައިޓަރު ޝިރާޒް އަހުމަދު ބުނީ ފިލްމުގެ ޝޫޓިން ޖަނަވަރީ މަހު ފަށައި، ފިލްމު އަހަރުގެ ފަހުކޮޅު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ. ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސައިފް އަލީ ހާން އާއި ސިދާތު މަލްހަތްރާ ފެނިގެންދާ މި ފިލްމުން ފެނިގެންދާ އަންހެން ބަތަލާ އަދި ހާމަކޮށްފައެއްނުވެއެވެ. ފިލްމުގެ ފުރަތަމަ ދެބަޔާ ގުޅުވައިގެން ފިލްމުގެ ހަތަރުވަނަ ބައި ގެނެސްދޭން ނިންމާފައިވާއިރު މިފަހަރުގެ ފިލްމަކީ ހުރިހާ އިހުސާސެއް އެކުލެވިގެންވާ ގޮތަށް ގެނެސްދޭނެ ފިލްމެއް ކަމަށްވެސް ޝިރާޒް ވަނީ ބުނެފައެވެ.

2008 ވަނަ އަހަރު ފިލްމުގެ ފުރަތަމަ ބައެއް ގެނެސްދިންއިރު ފިލްމުގެ ދެވަނަ ބައެއް އާންމުންނާ ހަމައަށް ގެނެސްދިނީ 2013 ވަނަ އަހަރުއެވެ. މި ދެ ފިލްމުވެސް ޑައިރެކްޓްކުރީ އައްބާސް މަސްތާން އެވެ. މި ދެ ފިލްމަށް ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް ފިލްމުގެ ތިން ވަނަ ބަޔަށް އެދެވޭ ވަރުގެ ކާމިޔާބީއެއް ނުލިބުނެވެ. ފިލްމުގެ ތިން ވަނަ ބައިގައި ހަރަކާތްތެރިވީ ސަލްމާން ހާންއެވެ.

ފިލްމުގެ ފުރަތަމަ ބައިގައި ބިޕާޝާ ބާސޫ އަދި ކެޓްރީނަ ކެއިފް ހަރަކާތްތެރިވިއިރު ފިލްމުގެ ދެވަނަ ބައިގައި އަންހެން ލީޑުން ފެނިގެންދިޔައީ ދީޕިކާ ޕަޑުކޯން އާއި ޖެކަލީން ފާނަންޑޭޒްއެވެ. ތިން ވަނަ ބައިގެ އަންހެން ލީޑަކީ ޖެކަލީން އާއި ޑެއިޒީ ޝާހުއެވެ.



More from ThePress.mv