"ދޭދަރު ރުއިން" ގެ ޕޯސްޓަރު ތަފާތު

Sat, 21 Sep 2024 06:27 AM

View on this article on ThePress.mv

"ދޭދަރު ރުއިން" ގެ ޕޯސްޓަރު ތަފާތު

އައިފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް އިން ގުޅިގެން ގެނެސްދޭން ނިންމާފައިވާ ފިލްމު "ދޭދަރު ރުއިން" ގެ ޕޯސްޓަރު ދައްކާލައިފިއެވެ.



އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުތް އައްޒާމް ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހަރަކާތްތެރިވާނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާފިޒް މުހައްމަދުގެ އިތުރުން މޫސާ ރަޝީދެވެ.

ފިލްމްސް އާއި ކަޒްމިކް ގުޅިގެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ. އެ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު އައިފިލްމްސް އިން ވަނީ މިއަހަރު ފެބްރުއަރީ މަހު ވެސް ފިލްމެއް ގެނެސްދީފައެވެ. އެއީ ބިރުވެރި ޖޯންރާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ކަންބަޅި" އެވެ.

މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަނީ ހާމިދު އަލީ ގެ "އުދަބާނީ 2" އެވެ. އެ ފިލްމަށްފަހު އޮލިމްޕަހަށް ދެން އެންމެ އަވަހަށް އަންނާނެ ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ބިބީ" އެވެ. އެ ފިލްމަކީ ހޮރޯ ކޮމެޑީއެކެވެ.



More from ThePress.mv