އަލަންނާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

Sat, 21 Sep 2024 06:25 AM

View on this article on ThePress.mv

އަލަންނާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާއެއް ކަމަށްވާ ޕާންޑޭ އާއިލާގެ އިންޓަނެޓް ޕާސަނަލިޓީ އަލަންނާ ޕާންޑޭ ރާއްޖެ އަތުވެއްޖެއެވެ.



އަލަންނާ އާއި އޭނާގެ ފިރިމީހާ އައިވޯ މެކްކްރޭ އާއި ދެމީހުންގެ އަލަތު ދަރިފުޅާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ އދ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓް ކޮންޑްރަޑް މޯލްޑިވްސްގެ ރަންގަލި އައިލެންޑުގަ އެވެ. ރެ ރިސޯޓުގައި ހުންނަ މޫދު އަޑީ ރެސްޓޯރަންޓުގައި ނަގާފައިވާ ފޮޓޯއާއި ވީޑިއޯ އަލަންނާގެ އިންސްޓަގްރާމް އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ.

ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭގެ ކަޒިންއެއް ކަމަށްވާ އަލަންނާ މީގެ ކުރިންވެސް ވަނީ އައިވޯ އާއެކު ރާއްޖެއައިސްފައެވެ. އެއީ 2021 ވަނަ އަހަރު ދެމީހުންގެ އެންގޭޖްމަންޓް ހަފްލާއަށެވެ. ބޮލީވުޑަށް ތައާރަފްވުމަށް ތައްޔާރުވަމުން އަންނަ އަހާން ޕާންޑޭގެ ދައްތަ އަނަންނާ ވިހެއީ މިދިޔަ އޮގަސްޓްމަހުއެވެ.

އަލަންނާ ކައިވެނިކުރި އައިވޯ އަކީ އެމެރިކާގެ ފިލްމު ޑައިރެކްޓަރެއްގެ އިތުރުން ފޮޓޯގްރަފަރެކެވެ. ލޮސް އޭންޖަލަސްގެ ހޮލޮވީން ޕާޓީއެއްގެ ތެރެއިން އަލަންނާ އާއި އައިވޯ ދިމާވެ، ދެމީހުން އެކަކު އަނެކަކަށް ޝައުގުވެރިކަން އުފެދި އެ ގުޅުން ލޯތްބަށް ބަދަލުވިއެވެ. 2021 ވަނަ އަހަރު ދެމީހުން އެންގޭޖްވިއިރު ދެމީހުންގެ ކައިވެނިކުރީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.



More from ThePress.mv