ކުޑަހުވަދޫ ކައުންސިލްގެ ރައީސަކަށް ޕީއެންސީ ކެންޑިޑޭޓު ޖާދުﷲ ހަމީދު

Sat, 15 Jun 2024 10:44 AM

View on this article on ThePress.mv

ކުޑަހުވަދޫ ކައުންސިލްގެ ރައީސަކަށް ޕީއެންސީ ކެންޑިޑޭޓު ޖާދުﷲ ހަމީދު

ދ. ކުޑަހުވަދޫ ކައުންސިލް ރައީސް އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓު ޖާދުﷲ ހަމީދު ކާމިޔާބު ކުރައްވައިފިއެވެ.



މި ބައި އިލެކްޝަންގައި ޖާދުﷲ ހަމީދާއެކު ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ޖަމީލެވެ. މި އިންތިހާބުގައި ޖާދުﷲ އަށް 826 ވޯޓު ލިބިފައި ވާއިރު ޖަމީލަށް ލިބިފައި ވަނީ 624 ވޯޓެވެ.

މިކަމާ ގުޅިގެން ޕީއެންސީ އިން ވަނީ ޖާދުﷲ އަށް ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 2398 ފަރާތަކަށް ލިބިގެންވާއިރު، ވޯޓު ލާފައިވަނީ 1483 މީހުންނެވެ. މީގެ ތެރެއިން 33 މީހެއްގެ ވޯޓު ވަނީ ބާތިލު ވެފައެވެ.



More from ThePress.mv