ބްލެކްމެއިލް މައްސަލައެއް: އަނިޔާ ލިބުނު މީހާގެ ފޯނުގައި ގިނަ ބައެއްގެ ބަރަހަނާ މަންޒަރު

Fri, 24 May 2024 04:58 PM

View on this article on ThePress.mv

ބްލެކްމެއިލް މައްސަލައެއް: އަނިޔާ ލިބުނު މީހާގެ ފޯނުގައި ގިނަ ބައެއްގެ ބަރަހަނާ މަންޒަރު

މީހަކަށް ބިރުދައްކައި ބްލެކްމެއިލް ކުރި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހެއްގެ އަތުން ފެނުނު ފޯނެއްގައި ގިނަ ބައެއްގެ ބަރަހަނާ މަންޒަރުތައް ހުރިކަން ހާމަވެއްޖެއެވެ.



މި މައްސަލައިގައި ދެ ދިވެއްސަކު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން، ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން ދެ މީހުން ވެސް ބަންދުގައި ބޭތިއްބުމަށެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ 30 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ.

ބްލެކްމެއިލްކުރުމުގެ އިތުރުން ފޭރުމާއި ބިރުދެއްކުމުގެ ތުހުމަތު ވެސް ކުރެވޭ، އެ ދެ މީހުން ބަންދުކުރުމަށް ކޯޓުން ކުރި އަމުރުގައިވާ ގޮތުން، ދެ މީހުން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވެއެވެ. މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ކުރެއްވި އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން:

  • ތުހުމަތުވާ ދެ މީހުން ވެސް ހައްޔަރުކުރީ ހާދިސާ ހިނގި ސަރަހައްދުން، ކުޑަ ވަގުތުކޮޅެއް ތެރޭ
  • އަނިޔާ ލިބުނު މީހާ ދިން ބަޔާނުގައިވާ ކަންކަން ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުންގެ ބަހުން ދިމާވޭ

މީގެ އިތުރުން ހައްޔަރުކުރި ދެ މީހުންގެ އަތުން އަނިޔާލިބުނު މީހާގެ ފޯނު ފެނިފައިވާ ކަމަށާއި، އެ ފޯނުގައި ގިނަ ބައެއްގެ ބަރަހަނާ މަންޒަރު ހުރިކަން ގާޒީ އަމުރުުގައި ފާހަގަކޮށްފައިވެއެވެ. އެކަމަކު އަނިޔާލިބުނު މީހާގެ ފޯނުގައި އެ މަންޒަރުތައް ހުރި ސަބަބެއް، އެ އަމުރަކުން ނޭނގެއެވެ.

މި އަމަލު ހިންގާފައިވަނީ ރާވައި އިންތިޒާމްވެގެން ކަމަށާއި، ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮތް ދެ މީހުން ކަމަށް، އެ އަމުރުގައިވެއެވެ.



More from ThePress.mv