ރައީސް އޮފީހަށް ހުށަހަޅާފައިވާ އެއްވެސް އާރުޓީއައި އަކަށް މިހާރު ޖަވާބު ނުދީ ނޯންނާނެ: ރައީސް

Sat, 27 Jul 2024 11:48 AM

View on this article on ThePress.mv

ރައީސް އޮފީހަށް ހުށަހަޅާފައިވާ އެއްވެސް އާރުޓީއައި އަކަށް މިހާރު ޖަވާބު ނުދީ ނޯންނާނެ: ރައީސް

ރައީސް އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރުޓީއައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީވަނިވި ގޮތެއްގައިކަމަށެވެ.

ރައީސް ވިދާޅުވީ ހަގީގީ މާނާގައި ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި، މިގޮތުން ދައުލަތުގެ ހަރަދުތައް ރައްޔިތުންނަށް ހާމަކުރަމީ ގެންގުޅޭ މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ ދައުލަތުގެ އެކި މަޝްރޫތަކާ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް އާންމުކުރެވޭނެ އުސޫލެއް ތާރަފްކުރައްވާނެކަމަށާއި، މިގޮތަށް މިކަން ހިނގަން ފެށުމުން، އެކި ކަންކަމަށް ކުރާ ހޭދަ ރައްޔިތުންނަށް އޮޅުންފިލުމުގެ އިތުރަށް ބިލްތައް ލިބެމުންދާ ތަރުތީބުން ފައިސާ ދައްކަމުން ދިޔުމަށް މަގުފަހިވާނޭކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކާ ހިލާފަށް، މި ސަރުކާރުން މުޅިން އަލަށް ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދުތައް އާންމުކުރަމުންދާ ކަމަށެވެ. އަދި ހަމަ އެއާއެކު އަހާ ފޯރަމްގައި ރައްޔިތުންނަށް ލައިވްކޮށް ރައީސުލްޖުމްހޫރިއްޔާ އަދި ވަޒީރުންނާ ސުވާލުކުރުމަށް ފުރުސަތު ފަހިކޮށްދެއްވަމުންދާކަމަށާ، ރައްޔިތުން ބޭނުންވާ ކަންކަން އަހާ އޮޅުންފިލުވުމަށް ގިނަ ދޮރުތައް މި ސަރުކާރުން ހުޅުވާދެއްވާފައިވާކަމަށެވެ. ރައީސް ވިދާޅުވީ މިފަދަ މަސައްކަތްތައް ކުރެއްވުމުގެ ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުންކަމަށެވެ.

މީގެ އިތުރުން، މީޑިއާތަކުން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ފަސޭހަ ކޮށްދެއްވާނެކަމަށާއި، މީޑިއާތައް ފުރިހަމައަށް ހަރުދަނާ ގޮތެއްގައި ހިންގުމަށް މި ސަރުކާރުން ގާއިމުކުރާ މީޑިއާ ވިލެޖްގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި ނިންމާ ހިދުމަތް ލިބެން ފަށާނެ ކަމަށެވެ. އަދި އަދި ނޫސްމީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއްގެ އެހީއެއް ދެއްވުމަށް ވެވަޑައިގަތް ވައުދުގެ ދަށުން، އަންނަ އަހަރު ނޫސްމީޑިއާތަކަށް ފައިސާ ދެއްވަން ފަށްޓަވާނެކަމަށްވެެސް ރައީސް ވަނީ ވިދާޅުވެފައެވެ.



More from ThePress.mv