ނުދައްކާ ބިމު ކުއްޔާއި ޓެކްސް 15 ބިލިއަން ރުފިޔާ އަށް އަރާ، ހޯދާނަން: ރައީސް

Sat, 27 Jul 2024 11:13 AM

View on this article on ThePress.mv

ނުދައްކާ ބިމު ކުއްޔާއި ޓެކްސް 15 ބިލިއަން ރުފިޔާ އަށް އަރާ، ހޯދާނަން: ރައީސް

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލޭންޑް ރެންޓު ނުވަތަ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރު ލިބިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ އެތައް ބިލިޔަން ރުފިޔާއެއް ނުހޯދައި ފާއިތުވި ސަރުކާރުތަކުން ދޫކޮށްލާފައި ވާކަމަށެވެ.

ގާނޫނީގޮތުން ލިބެންޖެހޭ ފައިސާގެ ތަފާސް ހިސާބުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ މިހާތަނަށް ޖުމްލަ 13 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. މީގެ ތެރޭގައި ގިނައީ ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާއާއި ޓެކުހުގެ ގޮތުގައި ލިބެންޖެހޭ ފައިސާކަން ފާހަކުރައްވަމުން ރައީސް ވިދާޅުވީ ބިމުގެ ކުލީގެ ގޮތުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ނުހޯދާ، އެކަމު ދައުލަތަށް ލިބެންޖެހޭ ރައްޔިތުންގެ ފައިސާގެ އަދަދު 513 މިލިޔަން ޑޮލަރަށް އަރާކަމަށެވެ.

ޓެކްހުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާޖެ ޖުމްލަ އަދަދު

މީގެ އިތުރުން ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު، ޖީއެސްޓީ ގޮތުގައި 3.3 ބިލިއަން ރުފިޔާ، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ ނުލިބި އެބަހުރިކަމަށެވެ. މި ފައިސާ ހޯދިއްޖެނަމަ، މިއީ ދައުލަތުގެ ދަރަނީގެ މައްސަލަ އެއްކޮށްހެން ހައްލު ކުރެވޭނެވަރުގެ އަދަދެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިއީ ކުރީގެ އެއްވެސް ސަރުކާރަކުން ހޯދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ފައިސާ ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ ދައުލަތައް ލިބެންޖެހޭ މި ފައިސާ ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ތެކްހުގެ ގޮތުގައި ނުހިމެނޭ ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އަދަދު

ރައީސް މިހެން ވިދާޅުވެފައި ވާއިރު، މިދިޔަ މަހު މަހުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ ހިއްސާ ކުރައްވާއެވެ. މި ގޮތުން ނާޒިމް އާންމު ކުރައްވައިފައިވާ މީރާގެ ތާފާސް ހިސާބުތަކަށް ބަލާއިރު އެކި ހިދުމަތްތަކުން ނަގާ ޓެކްސްއާއި ބިމު ކުލި އެއްކުރީމައި ލިބެންޖެހޭ އަދަދު 15،445،526،584.29 (15 ބިލިއަން ރުފިޔާ) ދައުލަތަށް ލިބެންޖެހެއެވެ.



More from ThePress.mv