އިންތިހާބާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން ދަށް، މައުލޫމާތު ފޯރުކޮށްދިނުމަށް ރަނގަޅު އިންތިޒާމެއް ބައްޓަން ކުރަން ޖެހޭ: އެޗްއާރްސީއެމް

Fri, 19 Apr 2024 01:41 PM

View on this article on ThePress.mv

އިންތިހާބާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން ދަށް، މައުލޫމާތު ފޯރުކޮށްދިނުމަށް ރަނގަޅު އިންތިޒާމެއް ބައްޓަން ކުރަން ޖެހޭ: އެޗްއާރްސީއެމް

އިންތިހާބާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން ދަށްކަމަށާއި މައުލޫމާތު ފޯރުކޮށްދިނުމަށް ރަނގަޅު އިންތިޒާމެއް ބައްޓަން ކުރަން ޖެހޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މަޖިލިސް އިންތިހާބުގެ ޕްރީ-އިލެކްޝަން މަރުހަލާ މޮނިޓާކުރުމަށްފަހު އެކުލަވާލި ރިޕޯޓުގައި ބުނެފިއެވެ.



މި ރިޕޯޓުގައި ބުނެފައިވަނީ އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، އިތުރު އެހީތެރިކަން ބޭނުންވާ މީހުންނަށް ހާއްސަ މައުލޫމާތު ލިބިފައިވާ މިންވަރު ދަށްކަމަށެވެ. އެހެންކަމުން އިންތިހާބުގެ ކަންކަމާ ގުޅޭ މައުލޫމާތު ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އެކަށިގެންވާ ނިޒާމެއް ގާއިމު ކުރުމަށް ހުށަހަޅާކަމަށާއި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންތިހާބުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިތުރު ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއްކަމުގައި ކޮމިޝަނުން ދެކޭ ކަމަށެވެ.

މީގެއިތުރުން އެންޓި ޑިފެކްޝަން ބިލް ތަސްދީގު ކުރެވިފައިވުމަކީ ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ކޮމިޝަނުން ދެކޭ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އެޗްއާރްސީއެމް އިން ބުނީ ޕިޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރި ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ކެންޑިޑޭޓުންނަށް އެ ކޯލިޝަންގެ ފަރާތުން ތާއީދުނުކޮށް އެ ދާއިރާތަކަށް ކުރިމަތިލާފައިވާ އެހެން ކެންޑިޑޭޓުންނަށް ތާއީދުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމް އިން ބުނީ ޕާޓީގެ މެންބަރުން ވަކި ކެންޑިޑޭޓެއް އިހުތިޔާރުކޮށްފައިވަނިކޮށް އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރުމަކީ ދިމިގްރާތީ އުސޫލުތަކުގެ ތެރެއިން ރައްޔިތުން ތަމްސީލުކުރާ ފަރާތެއް އިހުތިޔާރުކުރުމުގެ ހައްގަށް އުނިކަމެއް އައުމަށް ފުރުސަތު އޮތްކަމެއްކަމަށެވެ. އަދި ކެންޑިޑޭޓުންނާމެދު ރައްޔިތުންގެ އިތުބާރު ގެއްލުމަށް މެދުވެރިވާ ކަމެއްކަމުގައިވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެޗްއާރްސީއެމް އިން ބުނީ މި ރިޕޯޓު އެކުލަވާލުމުގައި ސާވޭގައި ބައިވެރިވި ގިނަ އަދަދެއްގެ ފަރާތްތަކުން މި އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން އެއްވެސް ގޮތަކަށް ގަބޫލުނުކުރާކަން ހާމަކޮށްފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.



More from ThePress.mv