އެއްބަސްވުން ހަދައި ގޯތި ހަވާލު ނުކުރެވި އޮތް އިތުރު 14 ފަރާތަކަށް ގޯތި ދީފި

Thu, 02 May 2024 11:18 PM

View on this article on ThePress.mv

އެއްބަސްވުން ހަދައި ގޯތި ހަވާލު ނުކުރެވި އޮތް އިތުރު 14 ފަރާތަކަށް ގޯތި ދީފި

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތީގެ އެއްބަސްވުން ހެދި ނަމަވެސް، ގޯތި ހަވާލު ނުކުރެވި އޮތް އިތުރު 14 ފަރާތަކަށް ގޯތި ދީފިއެވެ.



ހައުސިން މިނިސްޓްރީން ބުނީ، އެޕްރީލް 30، 2024 ވީ އަންގާރަ ދުވަހާއި މިއަދު ގޯތި ހަވާލު ކުރެވިފައި ވާ އިރު އެއީ ޖުމްލަ 14 ގޯތި ކަމަށެވެ.

  • އަންގާރަ ދުވަހު ހަވާލު ކުރި ގޯތީގެ އަދަދު: 6
  • މިއަދު ހަވާޅު ކުރި ގޯތީގެ އަދަދު: 8

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 އިން ޖުމްލަ 1380 ގޯތި ދޫކުރުމަށް ވަނީ ސޮއިކޮށްފައެވެ. ނުވަތަ ގޯތީގެ ރަޖިސްޓްރީ ހަވާލު ކޮށްފައެވެ.

މިހާތަނަށް ހުޅުމާލެއިން 526 ގޯއްޗެއް ދޫކޮށްފައި ވާ އިރު ދޫނުކުރެވި ހުރި ގޯތިތައް ދޫކުރުމަށްޓަކައި ބިން ސާފުކުރުމާއި، ގޯތި ތަކަށް އަރާގޮތަށް ހުރި ނެޓްވޯކްތައް [ފެނާއި ނަރުދަމާ ފަދަ ނެޓްވޯކްތައް] އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 150 އެއްހާ ގޯތި ފެނާއި ނަރުދަމާ ހޮޅިތަކަށް އަރައެވެ. އެހެންވެ، ބިމުގެ އިން ވަކިކޮށްފައި އޮތަސް، އެ ތަނުގައި އެއްވެސް މަސައްކަތެއް އަދި ކުރެވޭކަށް ނެތެވެ.

ގޯތިތަކަށް އަރާފައިވާ ނެޓްވޯކްތައް ނެގުމުގެ މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، މީގެއިތުރުން މައްސަލަ ޖެހިފައި ހުރި ސަރަހައްދުތައް ފިޔަވައި އެހެން ހުރިހާ ބިންތަކަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދާ ކަމަށް އެޗްޑީސީން ބުނެއެވެ.

ކުރީ ސަރުކާރުން 'ބިންވެރިޔާ' ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނު، ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ އިސްލާހު ކޮށްފައެވެ.



More from ThePress.mv