އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރުމުން، މަޝްވަރާ ކުރުމަށް މަޖިލިސް މެދުކަނޑާލައިފި

Mon, 05 Jun 2023 09:51 AM

View on this article on ThePress.mv

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ އިދިކޮޅު މެންބަރުން އިހްތިޖާޖު ކުރާތީ މަޝްވަރާ ކުރުމަށް މަޖިލިސް މެނދުކަނޑާލައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މަޖިލިސް މެނދުކަނޑާލައިފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް މަޖިލިސް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވި ނަމަވެސް މެންބަރުންގެ އެއްބާރުލުން ނުލިބުމާ ގުޅިގެންނެވެ.

މަޖިލިސް ފެށުމާއެކު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު، ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން ވަނީ އިހުތިޖާޖު ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިފްއަތުގެ މައްސަލަ ބެލުމަށް އެޖެންޑާ ކުރި މިއީ 2 ވަނަ ފަހަރު ކަމަށް ވާއިރު ރިފްއަތު މިއަދު ވަނީ މަޖިލީހަށް ހާޒިރުވެ ވަޑައިގެންފައެވެ. މިދިޔަ ބުދަ ދުވަހު ރިފްއަތުގެ މައްސަލައިގައި ބަހުސް ކުރިޔަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭނާ ލިޔުމުން ޖަވާބުދާރީވުމާ ގުޅިގެންނެވެ.

ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ މި މަހު 11 ވަނަ ދުވަހު، 13 މެންބަރުންގެ ސޮޔާ އެކުގައެވެ. އެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ޕްރޮފްރެސިވް ކޮންގްރެސް ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން، އެމްޑީޕީން ވަކިކުރި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ސޮޔާއެކުވެ.

ބަންޑާރަނައިބުގެ އިތުރުން، ރާއްޖެ މޮރިޝަސް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ އަންނަ އަންގާރަ ދުވަހަށް ޝާހިދުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.



More from ThePress.mv