ޝީ ގެ ދަތުރު އެމެރިކާއިން ސިފަކުރީ "ގަޔާވާ މީހާއާ އިނުން" ފަދަ ގޮތަކަށް

Thu, 23 Mar 2023 11:36 AM

View on this article on ThePress.mv

ޗައިނާގެ ރައީސް ޝީ ޖިންގްޕިން ރަޝިއާއަށް ކުރެއްވި 2 ދުވަހުގެ ދަތުރު އެމެރިކާއިން ސިފަ ކުރީ "ގަޔާވާ މީހާއާ އިނުން" ފަދަ ގޮތަކަށެވެ.

ޝީގެ ދެދުވަހުގެ ދަތުރާ ގުޅިގެން އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ، ސިޔާސީ ގޮތުންނާއި މާލީގޮތުން އަދި ކަމެއް ކުރަން ބޭނުން ވުމުން ވިސްނުމެއް ނެތި ކަން ކުރާ އުސޫލުން ކުރެއްވި ކަމެއްގެ ގޮތުގައެވެ. ނުވަތަ ގަޔާވާ މީހާ އާ އިނުން ނުވަތަ ކައިވެނި ކުރުން ފަދަ ގޮތަކަށެވެ.

ބްލިންކަން އިތުރަށް ވިދާޅުވީ، ދުނިޔޭގެ ގާނޫނުތަކާއި ހަމަތަކާއި އުސޫލުތައް ބަލައިގެން ނުވަތަ ކަންހިނގާ މަގު ބަލައިގެން ޝީ އާއި ޕުޓިން ކަން ކުރައްވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެ ދެލީޑަރުން ދުނިޔެ ބައްލަވަނީ އެހެން ލީޑަރުން (އެމެރިކާ އާއި ހުޅަނގުން) ބައްލަވާ ގޮތަށް ނޫން ކަަމަށެވެ.

ބަލިންކަން އިތުރަށް ވިދާޅުވީ، ޕާޓްނާޝިޕް ނުވަތަ ދޭދޭ ގުޅުމުގައި ރަޝިއާ އަކީ ވަރަށް ޖޫނިއާ (ތަޖުރިބާ މަދު) ގައުމެއް ކަމަށެވެ. އޭނާ އެހެން ވިދާޅުވީ، ރަޝިއާގެ ހަނގުރާމައަށް ބޭނުންވާ ހަތިޔާރު ޗައިނާއިން ފޯރުކޮށްދޭން ދެކޮޅު ހަދާ ކަމަށް ބުނެ އެކަމުގައި ރަޝިއާ އަށް ޗައިނާ އެއްބަސް ނުކުރެވޭތީއެވެ.

އެމެރިކާއިން ބުނީ އިއްޔެއާ ހަމައަށް ވެސް ހަތިރާރު ފޯރުކޮށް ދިނުމަށް ޗައިނާއިން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އެކަމުގައި ޗައިނާއިން ހިފަހައްޓާ އުސޫލު ދަމަހައްޓާކަމަށް ބްލިންކަން ވިދާޅުވެއެވެ.

ހުޅަނގާއި އެމެރިކާއިން ގެންގުޅޭ ބައިނަލްއަގުވާމީ ހަމަތައް އެކަހެރިކޮށް، މިނިވަން ސިޔާސަތާ ބީރައްޓެހި ގޮތްތަކެއް ގެންނަން ޗައިނާ މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ޖޯކު ޖައްސަވާފައި ވެސް ވެއެވެ. އެކަމުގައި އޭނާ އިޝާރާަތް ކުރައްވާ އެއް ކަމަކީ ޔޫކްރައިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޗައިނާއިން އެކުލަވާލި 12 ނުކުތާގެ ސުލްހައިގެ ޕްލޭނެއެވެ. އެ ޕްލޭނަށް މީގެ ކުރިންވެސް އެމެރިކާއިން ޖޯކު ޖަހާފައި ވާ އިރު އެއީ ނަތީޖާއެއް ނެރެވޭނެ އެއްޗެއް ނޫން ކަަމަށްވެސް ބުނެފައި ވެއެވެ.

ހަބަރުތައް ބުނާގޮތުން އިއްޔެ ޝީ ފުރާވަޑައިގެންނެވީ ދެ ރަހުމަތްތެރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް [ނުހަނު ލޯބިން ދޭ މެސެޖެއް] ދެއްވާފައެވެ.

ޕުޓިންގެ އަރިހުގައި ޝީ ވިދާޅުވި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވާ އެއްވާހަކަ އަކީ، މީގެ 100 އަހަރު ކުރިން ނުފެންނަ އަދި ނާންނަ ބަދަލުތަކެއް މިހާރު އަތުވެއްޖެ ކަމަށާއި އެ ބަދަލުތަކާއެކު ކުރިއަށް ވަޑައިގަންނަވާނީ އެ ދެބޭފުޅުން ގުޅިގެން އެކުގައި ކަމަށެވެ. އަދި ވަކިވެވަޑައިގަންނަވަމުން ޝީ ވިދާޅުވީ، "ޓޭކް ކެއާ ޕްލީސް، ޑިއާ ފްރެންޑް" އެވެ. ޖަވާބުގައި ޕުޓިން ވިދާޅުވީ، "ހޭވް އަ ސޭފް ޓްރިޕް" އެވެ.

މުރާސިލުން ސިފަ ކުރާ ގޮތުގައި، މިއީ ބެއިޖިން އާއި މޮސްކޯގެ ގުޅުމުގެ ބަދަހިކަން ރަމްޒުކޮށްދޭ ބަސްތަކެކެވެ. ޝީ އާއި ޕުޓިންގެ ގާތް ކަމާއި ގުޅުމުގެ ވަރުގަދަކަމުގެ ހެއްކެކެވެ.

ރަޝިއާއިން ޔޫކްރައިން ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން، އެ ދެގައުމުން "އިމެއް ނެތް" އެގްރީމެންޓެއްގައި ވެސް ސޮއި ކުރިއެވެ. އޭގެ ދަށުން ވިޔަފާރީގެ މުއާމާލާތްތައް ވަނީ ފުޅާކޮށް ދެގުނަ ކޮށްފައެވެ.



More from ThePress.mv