ހޯމްލޭންޑްގެ ސްޓޭޓް މިނިސްޓަރުކަމަށް ފައިރޫޝް ބަދަލުކޮށްފި

Wed, 16 Oct 2024 11:07 PM

View on this article on Sun Online

ހޯމްލޭންޑްގެ ސްޓޭޓް މިނިސްޓަރުކަމަށް ފައިރޫޝް ބަދަލުކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކޮށްފިއެވެ.



ހަޔާ އެޑިއުކޭޝަނުގެ ސްޓޭޓް މިނިސްޓަރުކަމުން ބަދަލުކުރުމާއެކު ފައިރޫޝް އެކްސްގައި ވަނީ ޕޯސްޓެއް ވެސް ކުރައްވައިފައެވެ.

އެ ޕޯސްޓެއްގައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއި އެ މިނިސްޓްރީގެ ޓީމުން ދިން އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ފައިރޫޝް ހޯމް ލޭންޑް މިނިސްޓްރީއަށް އައްޔަންކުރިކަން ސަރުކާރުގެ އިސް އޮފިޝަލަކު "ސަން"އަށް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

އޭނާ އެހެން މިނިސްޓްރީއަކަށް ބަދަލުކުރިއިރު، އިއްޔެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ 228 ސިޔާސީ މުވައްޒަފަކު މަގާމުން ވަކިކުރަން ވެސް ނިންމަވައިފައެވެ.

ފައިރޫޝް މީގެ ކުރިން ވަޒީފާ އަދާ ކުރެއްވީ މޯލްޑިވްސް ޕޮލިސް ސާވިސްގައެވެ. އޭނާ ޝަރަފުވެރި ކަމާއެކު އެ މަގާމުން ރިޓަޔާ ކުރެއްވީ 2021ވަނަ އަހަރެވެ. އެއީ 20 އަހަރު ފުލުހުންގެ އިދާރާގައި ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ. އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައެވެ.

އެހެން ނަމަވެސް އޭނާގެ މައްޗަށް ކުރެވުނު ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން ޝަރަފްވެރިކަމާއެކު އޭނާ ރިޓަޔާ ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ.

https://www.sun.mv/156538

މަޖިލީހުގެ 241 ކޮމިޓީއަށް ފައިރޫޝްގެ މައްސަލަ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އެ މައްސަލަ ހުށަހަޅާފައިވަނީ ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނު ތަސްދީގުކޮށްފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހަކު ރިޓަޔާ ނުކުރެއްވޭނެ ކަމަށް ގަބޫލުފުޅު ކުރެއްވޭތީއެވެ.

ފައިރޫޝްއަކީ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމުން، ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ބޭފުޅާއެވެ. އަދި އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.



More from Sun Online