ފިހާރައަކަށް ވަދެ ބިރު ދެއްކުން: އިތުރު މީހަކު ހައްޔަރަށް

Wed, 16 Oct 2024 10:32 PM

View on this article on Sun Online

ފިހާރައަކަށް ވަދެ ބިރު ދެއްކުން: އިތުރު މީހަކު ހައްޔަރަށް

އައްޑޫ ސިޓީ، ހިތަދޫ ފިހާރައަކަށް ވަދެ، ބިރުދައްކައި ފޭރުނު މައްސަލައިގައި އިތުރު ދިވެއްސެއް މިއަދު ހައްޔަރުކޮށްފިއެވެ.



މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މިރޭ ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މައްސަލާގައި ހައްޔަރު މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރި ކަމަށެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެއިތުރުން، މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

https://sun.mv/197973

ހިތަދޫ ފިހާރައަކަށް ދެ މީހުން ވަދެ ބިރު ދައްކައި ފޭރޭ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މި ވީޑިއޯއިން ފެންނަނީ ފިލާބުރިއަކާއި ކުޑަ ވަޅިއަކުން ފިހާރައިގައި އިން ސޭޓަށް ބިރު ދައްކާ މަންޒަރެވެ.

އަދި އަނގަބަހުން އިންޒާރުދީ ބިރު ދައްކާ އަޑު ވީޑިއޯއިން އިވެއެވެ.



More from Sun Online