މަތީ ފަންތީގެ ހޮޓެލްތަކެއް ތަރައްގީ ކުރަން ފުރުސަތެއް

Wed, 16 Oct 2024 05:12 PM

View on this article on Sun Online

މަތީ ފަންތީގެ ހޮޓެލްތަކެއް ތަރައްގީ ކުރަން ފުރުސަތެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މަތީފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ހުޅުވާލައިފިއެވެ.



އެޗްޑީސީން ބުނި ގޮތުގައި، މި ހޮޓެލްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ގޮތަށް، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްގީކުރާނެ މަތީ ފަންތީގެ ހޮޓެލްތަކެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަތީ ފަންތީގެ ތިން ހޮޓެލް ތަރައްގީ ކުރަން ހުޅުވާލައިފި --- ފޮޓޯ/ އެޗްޑީސީ

އެގޮތުން، އެ މަޝްރޫއު ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށާއި އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޕްރޮޕޯސަލް ހުށަހަޅައިފިނަމަ، މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މީގެއިތުރުން، އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، ޕްރޮޕޯޒް ކޮށްފައިވާ ބިޒްނަސް މޮޑަލްއާއި އޮޕަރޭޓަރުގެ ތަޖުރިބާ ހިމެނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަތީ ފަންތީގެ ތިން ހޮޓެލް ތަރައްގީ ކުރަން ހުޅުވާލައިފި --- ފޮޓޯ/ އެޗްޑީސީ

އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ކުރިން އެޗްޑީސީގެ މެއިލް މެދުވެރިކޮށް އީއޯއައި ހުށަހެޅޭނެއެވެ.

އެޗްޑީސީން ބުނީ، މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ. އަދި، [email protected] އަށް މެއިލްކޮށްގެން ވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.



More from Sun Online