އިނގިރޭސި ކޮންސުލްގެ ސައިކަލް ވަގަށް ނެގި މީހާ ޖަލަށް

Wed, 10 Jul 2024 06:06 PM

View on this article on Sun Online

އިނގިރޭސި ކޮންސުލްގެ ސައިކަލް ވަގަށް ނެގި މީހާ ޖަލަށް

ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލްގެ ސައިކަލު ވަގަށް ނެގި މީހާ 10 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.



ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ރ. ކަނދޮޅުދުއަށް ނިސްބަތްވާ އަޙުމަދު އިރުޝާން، ކޮންސުލް ޑރ. ޕޯލް އާތާ ވެން ޑްރީސްގެ ސައިކަލު ވަގަށް ނެގީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު 10:30ހާއިރު، ބޮޑުތަކުރުފާނު މަގުގައި ހުއްޓައި ކަމަށެވެ.

އެ މައްސަލައިގައި އިރުޝާންގެ މައްޗަށް ވައްކަމުގެ ދައުވާ ކުރުމުން، އޭނާ ކުށަށް އިއުތިރާފުވެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިއެވެ. އެހެންވެ، އެ މައްސަލަ އަވަސް ނިޔާއިން ކުރިއަށްގެންދިޔުމަށް ކޯޓުން ނިންމިއެވެ.

އެ އިއުތިރާފުގެ އެއްބަސްވުމުގައި ވަނީ އޭނާގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރުމަށެވެ.

އިރުޝާން ކުށަށް އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރި ނަމަވެސް، އޭނާ ތަހުގީގު މަރުހަލާގައި 15 ދުވަހާއި 19 ގަޑިއިރު ބަންދުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު އުނިކުރުމުގައި އޭނާ ތަންފީޒު ކުރަން ޖެހޭނީ ނުވަ މަހާއި ދެ ދުވަހުގެ ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފައިވެއެވެ.

މިދިޔަ އަހަރާއި މިއަހަރުގެ މިހާތަނަށް ވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރު 3819 މައްސަލަ ހުށަހަޅައިފައިވާއިރު މިއަހަރު 1،899 މައްސަލަ ހުށަހަޅައިފައިވެއެވެ.



More from Sun Online