ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު

Mon, 21 Oct 2024 11:17 PM

View on this article on Sun Online

ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު

ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރުކަމުގައި ކަނޑައަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނިންމަވައިފިއެވެ.



އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި، ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ނިންމަވާފައި ވާކަމަށެވެ.

https://x.com/MMuizzu/status/1848424524276269400

އަދި މިކަމާ ގުޅިގެން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ނިންމަވާފައި ވާކަމަށް އެ ޓްވީޓުގައި ވެއެވެ.

ރައީސް ކުރެއްވި ޓްވީޓުގައި އިތުރަށް ވަނީ، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށް ވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށެވެ.

ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީގެ މިންވަރު އިތުރުކުރުމަށާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސިނގިރެޓުގެ ބާވަތްތައް މަނާ ކުރުމަށް ނިންމެވީ ރައީސް މުއިއްޒެވެ.

އެގޮތުން ވޭޕާއި އީސިނގިރޭޓު މަނާކުރަން ރައީސް ނިންމެވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. ރައީސް ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަންގަވާފައި ވާކަމަށެވެ.

https://sun.mv/198040

އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މިއަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވަކަމަށެވެ.

މީގެ އިތުރުން ރައީސް ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުން
  • ސިނގިރެޓާއި ބިޑިން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުން
  • އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުން


More from Sun Online