ފެނަކަ ކަރަންޓު ބިލުގެ ނޯޓިސް ދެން އައްނާނީ ފޯނަށް

Tue, 25 Jun 2024 05:21 PM

View on this article on Sun Online

ފެނަކަ ކަރަންޓު ބިލުގެ ނޯޓިސް ދެން އައްނާނީ ފޯނަށް

ކަރަންޓު ކަނޑާލުމަށް ޓަކައި މީގެ ކުރިން ޕްރިންޓް ކޮށްގެން ފޮނުވާ "ރެޑް ނޯޓިސް" މިއަދުން ފެށިގެން ފޮނުވާނީ ކަސްޓަމަރުންގެ ފޯނަށް ކަމަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ފެނަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.



ޕްރިންޓް ކުރެވިފައިވާ ކަރަންޓް ބިލް އަދި "ރެޑް ނޯޓިސް" ހަވާލުކުރުން ހުއްޓާލުމާ ގުޅިގެން ފެނަކައިން ވަނީ މިއަދު އިއުލާނެއް ނެރެފައެވެ.

ޕްރިންޓް ކުރެވިފައިވާ ބިލް ހަވާލުކުރުމުގެ ބަދަލުގައި ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރަކު ކުންފުނީގައި ރަޖިސްޓާ ކޮށްފައިވާ ފޯނު ނަންބަރަށް ކަރަންޓު ބިލާއި "ރެޑް ނޯޓިސް" މިއަދުން ފެށިގެން އެސްއެމްއެސްގެ ޒަރީއާއިން ފޮނުވުމަށް ހަމަޖެހިފައިވާ ވާހަކަ އެ ކުންފުނިން ވަނީ އިއުލާން ކޮށްފައެވެ.

އެހެންކަމުން މިއަދުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް ބިލިން އެޑްރެސް، ބިލް ނަންބަރު، ސަބްސަކްރިޕްޝަން ނަންބަރު، މީޓަރު ނަންބަރާއި ބިލުގައިވާ ފައިސާގެ އަދަދުގެ އިތުރުން މުއްދަތު ހަމަވާ ތާރީހު ހިމެނޭ އެސްއެމްއެސް ނުލިބޭ ކަސްޓަމަރަކު ހުރިނަމަ ޚިދުމަތް ހޯދާ ބްރާންޗަށް ވަޑައިގެން ބިލް ހޯއްދެވުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.



More from Sun Online