ބައްޕާފުޅުގެ ޖަނާޒާގެ އިންތިޒާމްތަކަށް ރައީސަށް ޝުކުރު

Wed, 24 Apr 2024 07:37 PM

View on this article on Sun Online

ބައްޕާފުޅުގެ ޖަނާޒާގެ އިންތިޒާމްތަކަށް ރައީސަށް ޝުކުރު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލުގެ ޖަނާޒާގެ ކަންކަން ފުރިހަމުކުރުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ހަމަޖައްސައިދެއްވި އިންތިޒާމްތަކަށް ޝާހިދު ރައީސަށް ޝުކުރު އަދާކުރައްވައިފިއެވެ.



ރައީސް ވަނީ، ޝައިހް މޫސާ ޖަމީލް އަވަހާރަވީ ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމައާ އެކު ކަން ވިދާޅުވެ، ޝާހިދާއި އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ފާޅުކުރައްވާފައިވާ ޝުއޫރުތަކަށް އޭނާއާއި އޭނާގެ ޢާއިލާގެ ފަރާތުން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

އޭގެއިތުރުން، ޢާއިލާއަށް ދިމާވި ނުހަނު ހިތްދަތި ދަނޑިވަޅެއްގައި ރައީސްގެ އިރުޝާދުގެ ދަށުން ޝާހިދުގެ ބައްޕާފުޅުގެ ޖަނާޒާގެ ކަންކަން ފުރިހަމަކުރުމުގައި ސަރުކާރުގެ އިދާރާތަކުން ހަމަޖައްސައިދިން އިންތިޒާމްތަކަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް ޝާހިދުގެ ޕޯސްޓުގައިވެއެވެ.

ރައީސްގެ އިތުރުން، އެމްޑީޕީއާއި ޕީއެންސީގެ އިތުރުން އެކި ފިކުރުތަކުގެ ސިޔާސީ ލީޑަރުން ވެސް ވަނީ ޝާހިދަށް ތައުޒިޔާ ވިދާޅުވެފައެވެ.

ޝައިހް މޫސާ ޖަމީލްގެ ޖަނާޒާ ބާއްވައިފައި ވަނީ މިއަދުގެ އަސުރު ނަމާދަށްފަހު ގަލޮޅު ސަހަރާގައެވެ.

ޝައިހް މޫސާ ޖަމީލު ނިސްބަތްވަނީ ރާއްޖޭގައި ރަސްކަން ކުރެއްވި ހުރަވީ ދަރިކޮޅަށެވެ.



More from Sun Online