14 މަސް ތެރޭގައި ފްލޯޓިން ސިޓީގައި ދިރިއުޅެން ފަށާނެ

Sun, 05 May 2024 10:30 PM

View on this article on Sun Online

14 މަސް ތެރޭގައި ފްލޯޓިން ސިޓީގައި ދިރިއުޅެން ފަށާނެ

މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީގައި ކުރިއަށް އޮތް 14 މަސް ތެރޭގައި އެންމެ ފުރަތަމަ ރަށްވެހިން ދިރިއުޅެން ފަށާނެ ކަމަށް، އެ މަޝްރޫއާ ހަވާލުވެފައިވާ ޑަޗް ޑޮކްލެންޑްސްގެ ޗީފް ކްރިއޭޓިވް އޮފިސަރު އަދި މަސައްކަތުގެ ލީޑް އާކިޓެކްޓް ކޮއެން އޮލްތުއިސްއާ ހަވާލާދީ އެމެރިކާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.



ނިއުސްވީކްގައި ރިޕޯޓުކޮށްފައިވާ ގޮތުން، ސްޕޭސް ޓެކްނޮލޮޖީއާ ގުޅުންހުރި މަސައްކަތްތައް ކުރާ ކުންފުންޏެއް ކަމަށްވާ މަކްސާ ޓެކްނޮލޮޖީސްއިން ވަނީ ފްލޯޓިން ސިޓީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ފެންނަ ސެޓެލައިޓް ފޮޓޯއެއް ހިއްސާކޮށްފައެވެ.

އޮލްތުއިސް، ނިއުސްވީކަށް ވިދާޅުވީ ގޮތުގައި، ރާއްޖޭގައި އޮތް އިންޑިއާ އާއި ޗައިނާގެ އިގުތިސާދީ މަސްލަހަތުތަކުގެ ސަބަބުން، ސިޔާސީ ސަބަބުތަކަކާ ހެދި މަޝްރޫއު ހިންގުމަށް ލަސްތަކެއް ދިމާވިއެވެ. ނަމަވެސް މިހާރި ފްލޯޓިން ސިޓީގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލޯޓިން ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޓަކައި އެންމެ ފުރަތަމަ 2010ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޑަޗް ޑޮކްލޭންޑްސްއާ މަސައްކަތް ހަވާލުކުރިއެވެ. ރައީސް ނަޝީދުގެ ސަރުކާރު ނިމުނު އިރު ވެސް އެ މަޝްރޫއު ފެށޭ ގޮތް ނުވިއެވެ.

ދެން އައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެއިރު ޑަޗް ޑޮކްލޭންޑްސްއަށް ހަވާލުކުރި ފަސް ފަޅުގެ ތެރެއިން ދެ ފަޅެއް ސަރުކާރަށް ނެގިއެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަލުންވަނީ މި މަޝްރޫއު ކުރިއަށް ގެންދަން ނިންމައި 2021 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭ އަލުން މަޝްރޫއު އިފްތިތާހުކޮށްފައެވެ.

ދެހާސް ބާވީހުގައި ޑަޗް ޑޮކްލޭންޑްސްއިން ވަނީ ފްލޯޓިން ސިޓީގެ ފުރަތަމަ ގެތައް އެޅުމަށް ބައިސަން މޯލްޑިވްސްއާ ހަވާލުކޮށްފައެވެ.

https://sun.mv/179261

ފްލޯޓިން ސިޓީ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އާރަށާ އެންމެ ކައިރިން ހުޅަނގަށް އޮންނަ (ނަންބަރު 7) ފަޅުގައެވެ.



More from Sun Online