ޗިކުންގުންޔާ ފެތުުރޭ މިންވަރު އިތުރުވެ، ސަމާލުވާން އެދެފި

Wed, 24 Apr 2024 01:00 PM

View on this article on Sun Online

ޗިކުންގުންޔާ ފެތުުރޭ މިންވަރު އިތުރުވެ، ސަމާލުވާން އެދެފި

މަދިރީގެ ސަބަބުން ޖެހޭ ބައްޔެއްކަމަށްވާ ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެ، ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.



އެޗްޕީއޭއިން ބުނީ، ޗިކުންގުންޔާ ފެތުރޭ މިންވަރު މި މަހު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، މި މަހު އެކަނި މާލޭ ސަރަހައްދުން 46 ކޭސް ރިޕޯޓުކޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

"އަސްލު މީގެ ކުރީ މަސް މަހު ރިޕޯޓުކޮށްފައިވަނީ ވަރަށް މަދުން،" އެޗްޕީއޭގެ މީޑިއަ އޮފިޝަލަކު "ސަން"އަށް ވިދާޅުވިއެވެ.

ޗިކުންގުންޔާގެ އަލާމާތްތައް:

  • ހުންއައުން
  • ހުޅުހުޅުގައި ރިއްސުން
  • ބޮލުގައި ރިއްސުން

މި ބަލިން ރައްކާތެރިވުމަށްޓަކާ އެންމެ މުހިންމުކަމަކީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމެވެ. އެގޮތުން، ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި،

  • މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ބޮޑަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ ރެޕެލެންޓް ބޭނުން ކުރުން. މިގޮތުން ދުވާލުގަޑީގައި ގޭތެރޭގައާއި ބޭރުގައި އުޅޭއިރު، ހަމުގައި ހާމަކޮށްހުންނަ ހިސާބުތަކުގައި ރިޕެލެންޓް އުނގުޅުން.
  • ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތު މަދިރި އުޅޭވަރު ގިނަވާތީ ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް އެ ގަޑިތަކުގައި ލައްޕާފައި ބެހެއްޓުން.

  • މަދިރި އާލާވާ ތަންތަން ނައްތާލުން.

  • ގޭތެރޭގައި ހުންނަ ފެން ހަރުލާފަދަ ތަކެތި (ތަށިޖަހާ ހަރުގަނޑުގެ ޓްރޭފަދަ ތަކެތި) މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުން

  • ފެނުގައި ގަސް ހައްދާނަމަ، މަދުވެގެން ހަފުތާއަކު އެއްފަހަރު ފެން ބަދަލުކުރުން

  • ގޯތިތެރޭގައި ހުންނަ ގަސްމުށި، ހުސް ތާނގީ ފަދަތަކެތި ސާފުކުރުން އަދި ފެން ނޭޅޭގޮތަށް ބެހެއްޓުން/ބަންދުކުރުން

  • އާންމު ތަންތަނަށް ހުސްފުޅިއާއި ދަޅު ފަދަ ފެންހަރުލާ ތަކެތި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާނުލުން.

  • އާއްމު ތަންތަނުގައި ފެން ހަރުލާގޮތަށް ބަހައްޓާ ނުވަތަ އުކާލެވިފައިވާ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާނޭހެން ބަންޑުން ޖެހުން، ނުވަތަ މަތިއެޅުން



More from Sun Online