ވެމްކޯގެ ޗެއާމަން މަނިކާއި އާސަންދައިގެ އަމިލާ ވަކިކުރަނީ

Mon, 29 May 2023 08:01 PM

View on this article on Sun Online

ވެމްކޯގެ ޗެއާމަން މަނިކާއި އާސަންދައިގެ އަމިލާ ވަކިކުރަނީ

ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކާއި، އާސަންދަ ކުންފުނީ ބޯޑުގައި ހިމެނިވަޑައިގަންނަވާ އާމިލާ ލަތީފް މަޤަމުން ވަކިކޮށްދިނުމަށް ސަރުކާރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގައި މިއަދު އެދިއްޖެއެވެ.

މި ދެ ބޭފުޅުން މަޤާމުން ވަކިކޮށްދިނުމަށް ސަރުކާރުން ޕީސީބީގައި އެދިފައިވާކަން، ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

މިކަމާއި ގުޅޭގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

އާސަންދަ ކުންފުނީގެ ބޯޑަށް ނޮން އެކްސެކެޓިވް ޑިރެކްޓަރުގެ މަގާމަށް ހ. އައިބަހާރު، އާމިލާ ލަތީފް އައްޔަނުކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ މާޗްމަހުއެވެ. އަދި ވެމްކޯގެ ޗެއާމަން ކަމުގެ މަޤާމަށް މުހައްމަދު އިބްރާހިމް މަނިކް އައްޔަނުކުރައްވާފައިވަނީ 2020 ވަނަ އަހަރެވެ.

ވެމްކޯގެ ޗެއާމަނާއި، އާސަންދަ ކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު މަޤާމުން ވަކިކޮށްދިނުމަށް ސަރުކާރުން ޕީސީބީއަށް ހުށައަޅާފައިވާއިރު، މިފަހުން އެމްޑީޕީން އިސްތިއުފާ ދިން މީހުންގެ ތެރެއިން ސަރުކާރުގެ ސިޔާސީ މަޤާމުގައި ތިބި ބައެއް މީހުން ވަނީ އިއްޔެ އާއި މިއަދު މަޤާމުތަކުން ވަކިކޮށްފައެވެ.

މަގާމުން ވަކިކުރި ފަރާތްތަކުގެ ތެރޭގައި ތިމާވެއްޓާ ބެހޭ ވުޒަރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ އާއި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަލީ ހާޝިމް (ސްމިތް) ހިމެނެއެވެ.

މި ބޭފުޅުންނަކީ ސިޔާސީގޮތުން ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވި ބޭފުޅުންނެވެ. އަދި މިހާރު މި ދެ ބޭފުޅުން ވެސް އުޅުއްވަނީ ނަޝީދުގެ ސަޕޯޓަރުން އުފައްދަވަން މަސައްކަތް ކުރަމުން އަންނަ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ކަންކަމުގައެވެ.



More from Sun Online