މަސްތުވާތަކެތި ބޭނުންކުރަންވެގެން އެ ގަންނަން ދިޔަ މީހަކު ބަންދުކޮށްފި

Fri, 26 Apr 2024 12:28 PM

View on this article on Raajje.mv

މަސްތުވާތަކެތި ބޭނުންކުރަންވެގެން އެ ގަންނަން ދިޔަ މީހަކު ބަންދުކޮށްފި

މަސްތުވާތަކެތި ބޭނުންކުރަންވެގެން އެ ގަންނަން ދިޔަ މީހަކު ބަންދުކޮށްފިއެވެ.



މި މައްސަލައިގައި ބަންދުކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައިގައި ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަންވީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. އަދި ބަންދުގެ މުއްދަތަށް ދީފައިވަނީ 15 ދުވަހެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހެއްގެ ބަޔާން ވަނީ ހުށަހަޅާފައެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.

އަދި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތު ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (1) އަދި (3) ވަނަ ނަންބަރުގައި ވާކަންކަން ފުރިހަމަވާކަމަށް ބެލެވޭތީއެވެ.

މީނާ ހައްޔަރުކޮށްފައިިވަނީ އިޖުރާއަތާއި އެއްގޮތަށެވެ. އަދި މީނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ އިރު މީނާ އަކީ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ބުނެފައިވެއެވެ. ބަންދު މުއްދަތު ޖެހި މަޖިލީހުގައި މި މީހާ ވަނީ އޭނާ އެތަނަށް ދިޔައީ މަސްތުވާތަކެތި ބޭނުންކުރަން މަސްތުވާތަކެތި ގަންނަން ކަމަށް ބުނެފައެވެ.

15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ އިރު، މި މުއްދަތު ހަމަވާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.



More from Raajje.mv