ކުރިއަށް އޮތް 4 މަހު އުތުރާއި މެދުރާއްޖެތެރެއަށް އިތުރަށް ވާރޭވެހޭނެ: މެޓް އޮފީސް

Mon, 06 May 2024 10:56 PM

View on this article on Raajje.mv

ކުރިއަށް އޮތް 4 މަހު އުތުރާއި މެދުރާއްޖެތެރެއަށް އިތުރަށް ވާރޭވެހޭނެ: މެޓް އޮފީސް

މިއަހަރުގެ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހަައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.



އެ އިދާރާއިން ބުނީ ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުންކަމަށެވެ. މީގެއިތުރުން މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މެޓް އޮފީހުން މިގޮތަށް ނޫސް ބަޔާން ނެރުނުއިރު މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ އާއި ރަށްރަށުގައި ވެސް ފެންބޮޑުވުމުގެ ގިނަ ހާދިސާތައް ހިނގާފައިވެއެވެ.

ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެހެން ގައުމުތަކުގައި ވެސް އާދަޔާ ހިލާފަށް ހޫނުގަދަވުމާއި އާދަޔާ ހިލާފަށް ވިއްސާރަކުރުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. މި އަހަރު ރާއްޖޭގެ ހޫނުމިން ވެސް އާދަޔާ ހިލާފަށް މައްޗަށް ވަނީ އަރާފައެވެ.



More from Raajje.mv