މައުލޫމާތު ހިއްސާކުރަން ދިރާގާއި ޑީއެންއާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

Thu, 25 Apr 2024 11:12 PM

View on this article on Raajje.mv

މައުލޫމާތު ހިއްސާކުރަން ދިރާގާއި ޑީއެންއާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.



މިއެއްބަސްވުމަކީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ބަލަހައްޓަމުންގެންދާ ދިވެހިރައްޔިތުންގެ މަޢުލޫމާތު، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް އާ ޙިއްޞާ ކުރުމަށް، ދެ ފަރާތުން ގެންގުޅެންޖެހޭނެ އުޞޫލުތައް ބަޔާންކޮށް ވެވިފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު ޑީ.އެން.އާރުގެ އޭ.ޕީ.އައި އޮތެންޓިކޭޝަން ކްރިޑެންޝަލްސް މެދުވެރިކޮށް ޑީ.އެން.އާރުން ބަލަހައްޓަމުން އަންނަ ދިވެހި ރައްޔިތުންގެ މަޢުލޫމާތު ހިއްސާ ކުރެވިގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން ދިރާގުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ޞައްހަކަށް ޑީ.އެން.އާރުގެ ޑޭޓާ މެދުވެރިކޮށް ސައްޙަކަން ކަށަވަރުކުރެވޭނެއެވެ. އަދި މިހާރު ޢާންމު ވަމުންދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެއެވެ.

ކޮންމެ މީހަކުވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ޚިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މަޢުލޫމާތު ޑީ.އެން.އާރު ގައި ހުރި މަޢުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެއެވެ. އަދި އޮޅުވާލައިގެން ސިމްކާޑު ނެގުންވެސް މީގެން ހުއްޓުވިގެން ދާނެއެވެ.



More from Raajje.mv