އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

Sun, 05 May 2024 04:08 PM

View on this article on Raajje.mv

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.



އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށި ސިޓީ، "ގޯނބިލިމާގެ" ނަމަކަށް ކިޔާ ގެއެއްގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ނިއްވާލާފައިވާ ކަމަށެވެ.  

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

އަދި އެ ގޭގައި ރޯވިކަމުގެ މަޢުލޫމާތު އާދީއްތަ ދުވަހުގެ ހެނދުނު 10:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމަށް ކުރި މަސައްކަތުން، އަލިފާން ނިއްވާލެވިފައިވަނީ 10:40 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. 



More from Raajje.mv