އީސީގެ މެންބަރުކަން ކޮށްފިނަމަ އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް ގަވާއިދަށް ގެނައި އިސްލާހު ބާތިލްކޮށްފި

Sun, 05 May 2024 04:58 PM

View on this article on Raajje.mv

އީސީގެ މެންބަރުކަން ކޮށްފިނަމަ އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް ގަވާއިދަށް ގެނައި އިސްލާހު ބާތިލްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަން ކޮށްފިނަމަ އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް ގަވާއިދަށް ގެނައި އިސްލާހު ބާތިލްކޮށްފިއެވެ.



ފެބަރުއަރީ 2024 ގައި އަމަލުކުރަން ފެށި ގަވާއިދުގައި ވަނީ އެ ކޮމިޝަންގެ މުވައްޒަފުންނާއި ކޮމިޝަންގެ މެންބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލާ އެކު ރިޓަޔާމަންޓް ފައިސާ ލިބޭނެ ގޮތްތައް ހިމަނާފައެވެ.

ނަމަވެސް އާދިއްތަ ދުވަހު އީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މުވައްޒަފުންނާއި ކޮމިޝަންގެ މެންބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދެވޭ ގޮތަށް ކޮމިޝަންގެ ގަވާއިދަށް ގެނައި ބަދަލު ބާތިލްކޮށްފައިވާ ކަމަށެވެ.

މިގަވާއިދު ބާތިލްކުރުމާއި ގުޅޭގޮތުން އީސީން ބުނީ މުވައްޒަފެއްގެ މަގާމުގައި ހުރުމަށް ފަހު މެންބަރު ކަމަށް އައްޔަންވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެންބަރު ކަމުގެ މުއްދަތު ގުނައި، ދަރަޖަ ކަނޑައެޅައިގެން އިނާޔާތް ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

މިގަވާއިދުގައި ބުނެފައިވަނީ ރިޓަޔާކުރުމުގެ ދަރަޖައާއެކު ވަޒީފާއިން ވަކިކުރެވޭނީ އުމުރުން 55 އަހަރު ފުރި ކޮމިޝަނަށް މަދުވެގެން 15 އަހަރު ޚިދުމަތްކޮށްފައިވާނަމައެވެ. ނަމަވެސް، ކޮމިޝަންގެ މެންބަރަކު ރިޓަޔާވާއިރު އުމުރުން 55 އަހަރުވާކަށް ނުޖެހޭނެއެވެ. އެ ކޮމިޝަނަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ، މުޅި އުމުރަށް ލިބޭ އިނާޔަތްތަކާ އެކު ރިޓަޔާ ކުރެވޭނެއެވެ.

މީގެ އިތުރުން ވަޒީފާ އިން ރިޓަޔާ ކުރާ ކޮންމެ މީހަކަށް މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސަންޓު ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދެވޭނެ އެވެ. އަދި ޚިދުމަތް ކުރާ 30 އަހަރު ވެފައިވާނަމަ އެ އިރަކު އެ މުވައްޒަފަކަށް ލިބޭ މުސާރަ، ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންޖެހެއެވެ.



More from Raajje.mv