އަލިފުށީގައި މަސްހިފަން މޫދަށް ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Fri, 18 Oct 2024 01:41 PM

View on this article on PSM News

އަލިފުށީގައި މަސްހިފަން މޫދަށް ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އަލިފުށީގައި ފީނަށް ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައިވަނީ އަލިފުށި ކަނޑު ތޮށި ކައިރިން މަސް ހިފަން މޫދަށް ފޭބި 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އެ މީހާގެ ހަށިގަނޑު މުދުން ނަގާ، މިހާރު ޞިއްޙީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމަތު ދެއްވައިފައެވެ.
ފީނަން ފޭބި މީހަކު ގެއްލިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކުރީ މެންދުރު 12:08ހާއިރުއެވެ. އޭނާ ގެންލިގެން ހޯދަން ފެށީ މެންދުރު 12:00ހާއިރުއެވެ. ހަށިގަނޑު ފެނުނީ 13:00ހާއިރުއެވެ.

ގެއްލިގެން ހޯދި މީހާގެ ހަށިގަނޑު ފެނިފައިވަނީ އަލިފުށި ދެކުނު ފަރާތު މޫދު އަޑިންކަމަށް މަޢޫލުމާތު ލިބެއެވެ. އޭނާގެ ހަޑިގަނޑު ނަގާފައިވަނީ ޑައިވަރުންގެ ޓީމަކުންނެވެ.





More from PSM News