ޕިއޯލީގެ ފުރަތަމަ މެޗުން އަލް ނަސްރު މޮޅުވެއްޖެ

Sat, 21 Sep 2024 10:07 AM

View on this article on PSM News

ޕިއޯލީގެ ފުރަތަމަ މެޗުން އަލް ނަސްރު މޮޅުވެއްޖެ

ސައުދީ ޕްރޯ ލީގުގައި އިއްޔެ އަލް އިއްތިފާގާއި ދެކޮޅަށް އަލް ނަސްރް ކުޅުނު މެޗް 3-0 ގެ ނަތީޖާއަކުން އަލް ނަސްރު ކާމިޔާބުކޮށްފި އެވެ.

މިއީ އަލް ނަސްރުގެ ކޯޗު ކޯޗު ކަމުގެ މަގާމުން ލުއިސް ކާސްޓްރޯ ވަކި ކުރުމަށްފަހު ސްޓެފާނޯ ޕިއޯލީ ހަމަޖައްސާ އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބު ކުޅުނު ފުރަތަމަ މެޗެވެ. ޕިއޯލީ ވަނީ މީގެ ކުރިން އިޓަލީގެ އޭސީ މިލާނަށް ކޯޗުކޮށްދީ އެ ކްލަބާއިއެކު ސެރިއާގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މިސީޒަނުގައި އަލް ނަސްރުއިން ލީގުގައި ފުރަތަމަ ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އޭއެފްސީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗު ވަނީ އެއްވަރު ވެފައެވެ.

ލީގުގައި އަލް އިއްތިފާގާއި ދެކޮޅަށް ކުޅުނު މި މެޗުގެ 33 ވަނަ މިނިޓުގައި އަލް ނަސްރަށް ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓްގައި ސާލެމް އަލް ނަޖްދީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި އަލް ނަސްރުން ޖެހި ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓަލިސްކާ އެވެ.





More from PSM News