ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ކުޅުން ފަށައިފި

Fri, 26 Apr 2024 04:32 PM

View on this article on PSM News

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ކުޅުން ފަށައިފި

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 23 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ކުޅުން ރޭ ފަށައިފިއެވެ.

ކުޅިވަރު އެކުވެނީގެ ނެޓްބޯޅަ ކޯޓުގައި ރޭ ފެށި މި މުބާރާތުގައި މި އަހަރު އަށް ޓީމެއް ވާދަކުރެއެވެ. އަދި މި އަށް ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހެވެ.

މުބާރާތުގެ ކުޅުން ރޭ ފެށިއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އެކަކުން ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބާއި އެންމެ ފަހުގެ ރަބަރަޕް ކުލަބު ގްރީން ސްޓްރީޓްސްއެވެ. މި މެޗު ފަސޭހަކަމާއެކު 101 ޕޮއިންޓް، ހަތް ޕޮއިންޓުން ކާމިޔާބުކުރީ ގްރީން ސްޓްރީޓްސްއިންނެވެ.

އަދި ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ދޭކުން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރްސީ) އާއި ސްޕޯޓްސް ކުލަބު ޝައިނިން ސްޓާއެވެ. މި މެޗު 66 ޕޮއިންޓް، 20 ޕޮއިންޓުން ކާމިޔާބުކުރީ ކޭވައިއާރްސީ އިންނެވެ.

މި އަހަރުގެ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ކުޅުން ކުރިއަށްދާއިރު، އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ފަހަރުގެ ފައިނަލުގައި ގްރީން ސްޓްރީޓްސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ކުލަބު މެޓްރިކްސްއިންނެވެ.





More from PSM News