ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުން

Wed, 23 Oct 2024 10:23 AM

View on this article on Police Life

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުން

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.



 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އަޙްމަދު ރާއިފް، ގަނދަކޯޅިމާގެ / މ. މުލައް، (25އ)

އައިޑީ ކާޑު ނަންބަރު: A274458

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ސުވާލުކުމަށް

 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އިސްމާޢީލް ޝައިމަން، ގ. ރަންނާޅިގެ / މާލެ، (28އ)

އައިޑީ ކާޑު ނަންބަރު: A340645

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ސުވާލުކުމަށް

 

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް،  2024 އޮކްޓޫބަރު 31 ވަނަ ދުވަހުގެ 14:00 އަށް



More from Police Life