އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީ ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ ޕްރޮގްރާމުގެ ދެވަނަ ބުރު ފަށައިފި

Wed, 23 Oct 2024 12:13 PM

View on this article on Police Life

އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީ ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ ޕްރޮގްރާމުގެ ދެވަނަ ބުރު ފަށައިފި

މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސެކިއުރިޓީ އޮފިސަރުންނަށް ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމުގެ ދެވަނަ ބުރުގެ ޓްރެއިނިންގ ފަށައިގެން ކުރިއަށް އެބަގެންދެއެވެ.



 

މި ޓްރެއިނިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 20 ވަނަ ދުވަހުން ފެށިގެން ފަސްދުވަހުގެ މުއްދަތަށެވެ.

 

ފަސް ބެޗަކަށް ކުރިއަށްގެންދާ މި ޓްރެއިނިންގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައިވަނީ މި މަހު 13 އިން 17 އަށެވެ. ފުރަތަމަ ބުރުގައި އެމްޑަބްލިއުއެސްސީގެ 15 މުވައްޒަފުންނާއި އެމްޓީސީސީގެ 10 މުވައްޒަފުން ބައިވެރިވިއެވެ

 

އިންޑޯ އަދި އައުޓްޑޯ ކްލާސްތައް ހިމެނޭގޮތަށް އެމްޑަބްލިއުއެސްސީގެ މަލްޓިޕާޕަސް ހޯލާއި މާލެ، ސިންތަޓިކް ޓްރެކުގައި ކުރިއަށްގެންދާ މި ޓްރެއިނިންގައި،ޑިއުޓީ އަދާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައުލޫމާތުދިނުމާއެކު ފިޒިކަލް ޓްރެއިނިންގ އަދި ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންދެއެވެ.

އެގޮތުން، ސެކިއުރިޓީ އޮފިސަރުންގެ މަސްއޫލިއްޔަތާއި ޒިންމާތަކާއި އެ ޒިންމާތައް އަދާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ރައްޔިތުންނާ އޮންނަ ގުޅުމުގެ މުހިންމުކަން އަދި އެގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ. އަދި ހެއްކާއި ގަރީނާއަކީ ކޮބައިކަމާއި ހެއްކާއި ގަރީނާ ދެނެގަތުމުގައި އަމަލުކުރަންޖެހޭ ކަންކަމާއި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުރުން، މަސްތުވާތަކެތި ދެނެގަންނާނެ ގޮތްތަކާއި، ކުށްތަކުން ރައްކާތެރިވާނެގޮތުގެ އިތުރުން މަސައްކަތުގެ މާހައުލާއި އެ ނޫން ވަގުތުތަކުގައި ވެސް ކުށްތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ މައުލޫމާތުދީފައިވެއެވެ. ހަމައެހެންމެ، ޖެނެރަލް ޕެޓްރޯލިންގ ޓެކްޓިކްސް އާއި ޓެކްނިކްސްތަކުގެ މައުލޫމާތާއި ގާނޫނީ ނިޒާމުތަކަށް އަހުލުވެރިކުރުވުމަށް ވެސް މައުލޫމާތުދީފައިވެއެވެ.



More from Police Life