”ރޯޑް ސޭފްޓީ އެންޑް އެވެއާނަސް ވީކް” ބާރަށުގައި ކުރިއަށް ގެންގޮސްފި

Tue, 22 Oct 2024 01:43 PM

View on this article on Police Life

”ރޯޑް ސޭފްޓީ އެންޑް އެވެއާނަސް ވީކް” ބާރަށުގައި ކުރިއަށް ގެންގޮސްފި

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ހއ. ބާރަށު ރައްޔިތުންނާއި ސުކޫލް ދަރިވަރުން އަހުލުވެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.



 

”ރޯޑް ސޭފްޓީ އެންޑް އެވެއާނަސް ވީކް” ގެ ނަމުގައި ބާރަށު ޕޮލިސް ސްޓޭޝަނުން އޮކްޓޫބަރު 13 އިން 19 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއްދީ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

 

މި ހަރަކާތުގައި، ސްކޫލު ކިޔެވުން ފެށޭގަޑިއާއި އިންޓަވަލް އަދި ނިމޭގަޑީގައި ސްކޫލު ސަރަހައްދުގައި ފުލުހުން ސްޓެޓިކްކޮށް ޓްރެފިކް ކޮންޓްރޯލްކޮށް ބަލަހައްޓާފައިވެއެވެ. އަދި އެ ސަރަހައްދުގައި ދަރިވަރުން ބައިސްކަލު ޕާކުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ގޮތަކަށް ބައިސްކަލް ޕާކުކުރުމަށް އިރުޝާދުދީފައިވެއެވެ.

އަދި ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމާއި ސްކޫލް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ގެނެސްފައިވާ ބަދަލުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

 

އޭގެ އިތުރުން ރަށުގެ މުއައްސަސާތަކަށް ޒިޔާރަތްކޮށް، މުއައްސަސާތަކުގެ މުވައްޒަފުން ވެސް މި ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ.

 

އަދި ބާރަށުގައި ބޭނުންކުރާ އުޅަނދުތަކުގެ ދަފްތަރު އަދާހަމަކުރުމާއި، ރޯޑްވާދިނަސް، އިންޝުއަރެންސް އަދި އަހަރީ ފީ ގަވާއިދުން ދެއްކުމަށް ނަސޭހަތްތެރިވެ ވިސިބިލިޓީ އިތުރުކޮށް ވީސީޕީ ޖަހައި އުޅަނދުތައް ބަލައިފާސްކޮށްފައިވެއެވެ.

 



More from Police Life