މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކަނޑުހުޅުދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތުދީފި

Wed, 24 Jul 2024 10:42 AM

View on this article on Police Life

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކަނޑުހުޅުދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތުދީފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. ކަނޑުހުޅުދޫ ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.



 

މި ހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހު އެ ސްކޫލްގައި ބޭއްވި މި ކުލާހުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި މަގުމަތީގެ އަދަބުތަކާ ގުޅޭގޮތުން ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި ޓްރެފިކް ނިޝާންތައް ބުނެދީ މަގުމަތީގައި އުޅޭއިރު ދުއްވާއެއްޗިއްސަށް ބަލައިގެން އުޅުމަށާއި އެހެން މީހުންނަށް އުނދަގޫ ނުވާނޭހެން އުޅުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ބައިސްކަލު ދުއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން އެއް ބައިސްކަލަކަށް އަރައިގެން ނުދުއްވުމަށާއި ރޭގަނޑު ބައިސްކަލު ދުއްވާނަމަ ބައިސްކަލު ބައްތި ދިއްލައިގެން ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

 

ކަނޑަހުޅުދޫ ޕޮލިސް ޑެސްކާއި ކޮނޑޭ ޕޮލިސް ޕޯސްޓު ގުޅިގެން ކުރިއަށް ގެންދިޔަ މި ކުލާހުގައި ކަނޑުހުޅުދޫ ސްކޫލުގެ ގްރޭޑް 6 އިން 10 ތައުލީމު ހާސިލުކުރަމުންދާ 50 ދަރިވަރުން ބައިވެރިވިއެވެ.



More from Police Life