ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

Thu, 17 Oct 2024 03:46 PM

View on this article on Police Life

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.




މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:


ގަލޮޅު ޕޮލިސް

 

ސެޕްޓެންބަރު 26 ވަނަ ދުވަހު، ފާށަނާކިލެގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ބުރުމާއާއި ކޭބަލް ރޯލެއް. އިންސިޑެންޓް ނަންބަރު 614020

 

ސެޕްޓެންބަރު 26 ވަނަ ދުވަހު، ޗައިނާ ގާޑަން ރެސްޓޯރަންޓު ކައިރިން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރު 614107

 

ސެޕްޓެންބަރު 29 ވަނަ ދުވަހު، ޗާންދަނީ މަގު، ރޮމްބަސް ކައިރިން ހޮވައިގެން ގެނެސްފައިވާ ރަން ކެވެލިކޮޅެއް. އިންސިޑެންޓް ނަންބަރު 614389

 

އޮކްޓޫބަރު 4 ވަނަ ދުވަހު، ނީލޯފަރުމަގާއި ރަށްދެބައިމަގު ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެންޓުފުޅިތަކަކާއި އެހެނިހެން ބައެއް ތަކެތި. އިންސިޑެންޓް ނަންބަރު 614956

 

އޮކްޓޫބަރު 14 ވަނަ ދުވަހު، ރަށްދެބައި މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދަވާދު ދަޅުތަކަކާއި ސޭންޑަރެއް. އިންސިޑެންޓް ނަންބަރު 616068

 

އޮކްޓޫބަރު 15 ވަނަ ދުވަހު، ޗައިނާ ގާޑަން ރެސްޓޯރަންޓު ކައިރިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއް ހުރި ކަޅުކުލައިގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރު 616264

 

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

މާފަންނު ޕޮލިސް

 

ޖުލައި 15 ވަނަ ދުވަހު، ސައްޔިދު ކިލެގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގަހަނާތަކެއް. އިންސިޑެންޓް ނަންބަރު LC2024/08963

 

އޮކްޓޫބަރު 2 ވަނަ ދުވަހު، ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ، މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 614735

 

އޮކްޓޫބަރު 3 ވަނަ ދުވަހު، އިސްކަންދަރު މަގު މއ. ދިރިހަނޑޫގެ ކައިރިން ހޮވައިގެން ގެނެސްފައިވާ، ސައިކަލުގެ ރިމޯޓު ތަޅުދަނޑިއެއް. އިންސިޑެންޓް ނަންބަރު 614941

 

އޮކްޓޫބަރު 12 ވަނަ ދުވަހު، މ. ކާދު ކައިރިން ފެނިފައިވާ ތިނަރު ފާޓާއަކާއި އެސްލޯން ދެ ހޮޅިބުރި. އިންސިޑެންޓް ނަންބަރު 615838

 

އޮކްޓޫބަރު 14 ވަނަ ދުވަހު، ފަރީދީ މަގު، އައިކެއާ އޮޕްޓިކަލް ކައިރިން ހޮވައިގެން ގެނެސްފައިވާ ފަށެއް. އިންސިޑެންޓް ނަންބަރު 615997

 

މި ތަކެތީގެ ވެރިފަރާތުން 9660184 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ހެންވޭރު ޕޮލިސް

 

ސެޕްޓެންބަރު 29 ވަނަ ދުވަހު، ބޮޑުތަކުރުފާނު މަގު ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރު 614361

 

އޮކްޓޫބަރު 3 ވަނަ ދުވަހު، އިސްކަންދަރު މައިޒާނުގައި ހުރި ގޮޑިއެއްގެ މަތިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއް ހުރި ކަލުކުލައިގެ ހޭންޑް ބޭގެއް. ރުފިޔާ. އިންސިޑެންޓް ނަންބަރު 614910

 

އޮކްޓޫބަރު 15 ވަނަ ދުވަހު، ބެންކު އޮފް މޯލްޑިވްސް މެއިން ބްރާންޗު ތެރެއިން ހޮވައިގެން ގެނެސްފައިވާ 250 ރުފިޔާ. އިންސިޑެންޓް ނަންބަރު 616292

 

މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 



More from Police Life