ދ. އަތޮޅާއި ލ. އަތޮޅުގެ ރަށްރަށުގައި ''ވޯކް އެންޑް ޓޯކް'' ހަރަކާތެއް ކުރިއަށް ގެންގޮސްފި

Fri, 14 Jun 2024 04:09 PM

View on this article on Police Life

ދ. އަތޮޅާއި ލ. އަތޮޅުގެ ރަށްރަށުގައި ''ވޯކް އެންޑް ޓޯކް'' ހަރަކާތެއް ކުރިއަށް ގެންގޮސްފި

ދ. އަތޮޅާއި ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ‘’ވޯކް އެންޑް ޓޯކް'' ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.



 

ޖޫން 13 ވަނަ ދުވަހު ހުރިހާ ރަށެއްގައި ވެސް ވަކިވަކީން ކުރިއަށް ގެންދިތަ މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްދުތަކުން އާންމު ރައްޔިތުންނާ ބައްދަލުކޮށް ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ސްކޭމް ކޯލުތައް މިހާރު އާއްމުވަމުންދާ ގޮތްތަކާއި، އެ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އީދު ބަންދުގެ ދުވަސްތަކުގައި ރަށުން ފުރައިގެންދާއިރު އަގުބޮޑެތި މުދަލާއި ގޯތި ގެދޮރުގެ ސަލާމަތަށް ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުުރުން، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައްޔިތުންގެ ހިޔާލު ވެސް ހޯދާފައިވެއެވެ.



More from Police Life