ހިތާދޫގައި “ފަހިރައްކާ” ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި

Sun, 20 Oct 2024 09:42 AM

View on this article on Police Life

ހިތާދޫގައި “ފަހިރައްކާ” ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި

ބ. ހިތާދޫގައި “ފަހިރައްކާ” ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.



 

މި ޕްރޮގްރާމަކީ ހިތާދޫ ޕޮލިސް ޕޯސްޓުން އިސްނަގައިގެން ރަށުގެ މުއައްސަސާތަކާ ގުޅިގެން އޮކްޓޫބަރު 15 އިން ނޮވެމްބަރު 3 އަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

 

މި ޕްރޮގްރާމުގައި، ހިތާދޫގައި ދިރިއުޅޭ އަންހެނުންނަށް ހާއްސަކޮށްގެން 20 ދުވަހަށް ކުރިއަށް ގެންދާ ކަސްރަތު ކްލާސްތަކަކާއި ސްކޫލުގެ ގްރޭޑް 6 އިން 9 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި ސްކޫލު މުދައްރިސުންނަށް ހާއްސަކޮށްގެން 20 ދުވަހަށް ސުވިމިންގ ކްލާސްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި “ފަހިރާސްތާ” ނަމުގައި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި، ރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމުއިއްޔާތަކަށް ޓްރެފިކް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ހަމައެއާއެކު ސްކޫލުގެ ބެލެނިވެރިންނަށް ބާއްވާ ގެވެށިއަނިޔާއަށް ހޭލުންތެރި ކުރުމުގެ ސެޝަނަކާއި، ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން ސައިބަރ ބުލީއިންގ އަދި ސައިބަރ ކްރައިމް އިން ރައްކާތެރިކުރުވުމަށް ބާއްވާ ސެޝަންތަކަކާއި، ސްކޫލްގެ ދަރިވަރުންނަށް ބާއްވާ ލީޑަރޝިޕް ސްކިލްސް ކްލާހަކާއި، ބެލެނިވެރިންނަށް ބާއްވާ ކޮމިއުނިކޭޝަން ސްކިލްސް ކްލާހެއްގެ އިތުރުން ރަށުގެ މުއައްސަސާތަކަށް ވޯކް އެތިކްސް ކްލާހެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

 

އަދި ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

މި ޕްރޮގްރާމުގައި ހިމެނޭ ކްލާސްތަކަކީ ހިތާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ސްކޫލާ ބައްދަލުކޮށް ރަށަށް މިވަގުތު އެންމެ މުހިންމުކަމަށް ފާހަގަކޮށްފައިވާ ކަންކަމަށް އަލި އަޅުވާލައިގެން އެކުލަވައިލާފައިވާ ކްލާސްތަކެކެވެ. މި ޕްރޮގްރާމް ހިންގުމުގައި މި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދެއެވެ.



More from Police Life