މިނިސްޓަރ އޮފް ހޯމްއެފެއާޒްއާއި ކޮމިޝަނަރ އޮފް ޕޮލިސް މުލަކަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި

Mon, 29 May 2023 12:26 PM

View on this article on Police Life

މިނިސްޓަރ އޮފް ހޯމްއެފެއާޒްއާއި ކޮމިޝަނަރ އޮފް ޕޮލިސް މުލަކަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މުލަކަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

 

މި ދަތުރުފުޅުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް. ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.

މިއަދުން ފެށިގެން މި މަހު 30 އަށް ކުރައްވާ މި ދަތުރުފުޅަކީ މުލަކަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމާއި މަޑުއްވަރީ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

 

މިދަތުރުފުޅުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްގެ އިތުރުން ދަތުރުގައި ބައިވެރިވެލައްވާ ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، މުލަކަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކާ އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

 



More from Police Life